logo minivan

English

ބުދަ, 24 ޖުލައި 2024

ބަނގުރާ ކައްކާތަނެއް އައްޑޫން އަނެއްކާ ވެސް ހޯދައިފި

ބަނގުރާ ކައްކާ ސެޓަޕެއް އަނެކާވެސް އައްޑޫން ހޯދައިފި އެވެ.

ފުލުހުން ބުނީ ބަނގުރާ ކެއްކުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެތި އައްޑޫ ހިތަދޫން ހޯދިފައިވާ ކަމަށާއި އެތަކެތި ހޯދީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށެވެ. އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްވައިވަނީ މިމަހުގެ 18 ވަނަދުވަހު ކަމަށެވެ.

ފުލުހުންގެ އޮޕަރޭޝަންގައި އެތަކެތި ފެނުނީ ހިތަދޫގެ ވަލުތެރޭންނެވެ. އަތުލައިގަނެފާވާ ތަކެތީގެ ތެރޭގައި ބަނގުރާ އަޅާފައިވާ ކަމަށް ބެލެވޭ، ހަންތަކަކާއި ގޭސްފުޅިއެއް ހިމެނެއެވެ.

ބަނގުރާ ކައްކަން ތައްޔާރުކޮށްފައި ހުރި ތަންތަން ހިތަދޫން މީގެ ކުރިން ވެސް ވަނީ ހޯދައިފަ އެވެ.

ފުލުހުން ބުނިގޮތުގައި ހިތަދޫގައި ހާއްސަ އޮޕަރޭޝަނެއް ހިންގީ ރޯދަމަހާ ދިމާކޮށް އެރަށުގައި ކުށްމަދުކުރުމަށް ކަމަށެވެ.  އެ އޮޕަރޭޝަނުގައި އެރަށުގެ އެކި ސަރަހައްދުތައް ބަލައި ފާސްކުރުމާއި ރަށުތެރެ ޕެޓްރޯލް ކުރުން ވަނީ އިތުރު ކޮށްފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *