logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ކުރެންދޫގައި 50 ހައުސިން ޔުނިޓް އަޅަން ބަޔަކާ ހަވާލުކޮށްފި

ޅ. ކުރެންދޫގައި ޑިޒައިން އެންޑް ބިލްޑުގެ އުސޫލުން 50 ހައުސިން ޔުނިޓް އިމާތާރް ކުރަން އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

އެ މަސައްކަތް އެސްޖޭއާ ހަވާލުކުރުުމުގެ އެއްބަސްވުމުގައި ސޮއިކުރީ ހައުސިްނ  ިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ މިިސްޓްރީގެ ހައުސިން ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް އަޙުމަދު ވިޝާން ނަސީމެވެ. އަދި އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޑިރެކްޓަރު ޝިހާދް އިބްރާހީމް އެވެ.

އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑްއާ އެ މަސައްކަތް ހަވާލުކުރީ 95.5 މިލިއަން ރުފިޔާގެ އަގަކަށް،  270 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ކުރެންދޫގައި އިމާރާތް ކުރާ ހައުސިން ޔުނިޓްތަކުގައި ތިން ކޮޓަރި އަދި އެޓޭޗްޑް ފާހާނާ ހުންނާނެ އެވެ. އެ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްފައިވާ ޕާކަކާއި، ވެހިކަލް ޕާކުކުރާ ސަރަހައްދެއް އޮންނާނެކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ