logo minivan

English

ހޮނިހިރު, 13 ޖުލައި 2024

އިސްލާމިކް ބޭންކުން ޑޮލަރު އޭޓީއެމް ބަހައްޓައިފި

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)އިން ޑޮލަރު އޭޓީއެއް އޯކިޑްމަގުގައި ބަހައްޓައިފިއެވެ.

މއ ފާމުދޭރިގޭގައި ބަހައްޓާފައިވާ މި އޭޓީއެމްއިން އިސްލާމިކް ބޭންކް ޑޮލަރު އެކައުންޓް ގެންގުޅުއްވާ ކަސްޓަމަރުންނަށް ޑޮލަރު ނެގޭނެ ކަމަށް އެބޭންކުން ވަނީ ބުނެފައެވެ.

އިސްލާމިކް ބޭންކްގެ ޑޮލަރު އޭޓީއެމްތަކުން ކޮންމެ ކަސްޓަމަރަކަށް ދުވާލަކު ނެގޭނީ 1،000 ޑޮލަރެއެވެ. މަހަކު ގިނަވެގެން ނެގޭނީ 5،000 ޑޮލަރު ކަމަށްވާއިރު، އަދި ދުވާލަކު 12،000 ޑޮލަރު ޖަމާކުރޭނެއެވެ. މި އޭޓީއެެމްއަކީ 24 ގަޑިއިރު ހިދުމަތް ލިބޭ އޭޓީއެމްއެކެވެ. 24 ގަޑިއިރު ހިދުމަތް ލިބޭ މި އޭޓީއެމްއިން ޑޮލަރު ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެއެވެ.

މި އޭޓީއެމްއިން ޑޮލަރު ނަގަން މި ވަގުތު ބޭނުންކުރެވޭނީ އެމްއައިބީ ޕްލެޓިނަމް ކާޑު އެކަންޏެވެ. ނަމަވެސް ޑޮލަރު ޖަމާކުރުމަށް ކާޑު ބޭނުން ނުވާނެކަމަށް އެ ބޭންކުން މައުލޫމާތު ދެއެވެ. އިސްލާމިކް ބޭންކުން ކާޑު ނުލާ ޖަމާކުރުމުގެ ހިދުމަތް އެބޭންކުގެ ރުފިޔާ އޭޓީއެމްއިންވެސް ލިބެއެވެ.

ދާދި ފަހުން އެމްއައިބީއިން ވަނީ ވިލިމާލޭގައިވެސް ފައިސާނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭ އޭޓީއެމްއެއް ބަހައްޓަފައެވެ. މީގެ އިތުރުން ރާއްޖެތެރޭގެ އެކި ރަށް ރަށުގައި ވެސް މޯލްޑިވްސް އިސްލާމިކް ބޭންކްގެ ހިދުމަތް ލިބެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *