logo minivan

English

ހޮނިހިރު, 13 ޖުލައި 2024

މަސްތުވާތަކެތީގެ މައްސަލައެއްގައި މާމިގިލިން ތިން މީހުން ހައްޔަރުކޮށްފި

އދ. މާމިގިލީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ހޮނިހިރު ދުވަހު ހިންގި އެ އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި ދިވެހި ތިން ފިރިހެނުން ހައްޔަރުކޮށްފައިވެއެވެ. އެއީ 20 އަހަރުގެ ދެ މީހުންނާއި 28 އަހަރުގެ މީހެކެވެ.

އެ އޮޕަރޭޝަނުގައި  ހައްޔަރުކޮށްފައިވަނީ ދިވެހި ތިން ފިރިހެނުންނެވެ.  އެއީ 20 އަހަރުގެ ދެ މީހުންނާއި 28 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

އެ މީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ގެ ކޯޓުއަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 14 ރަބަރު ޕެކެޓާއި، އަށް ސެލޯފިންކޮޅާއި ކަރުދާސްކޮޅެއް ފެނިފައިވެއެވެ.

މާމިގިލީ ޕޮލިސް ސްޓޭޝަނުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މީގެ އިތުރުން ހޮނިހިރުު ދުވަހު އައްޑޫ ހިތަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ބަނގުރާ ކެއްކުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެތި އައްޑޫ ހިތަދޫން ވަލުތެރެއިން ވަނީ ފެނިފަ އެވެ. އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފުލުހުން ބުނިގޮތުގައި ހާއްސަ އޮޕަރޭޝަނެއް ހިންގީ ރޯދަމަހާ ދިމާކޮށް ރަށްރަށުގައި ކުށްކުރުން މަދުކުރުމަށް ކަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *