logo minivan

English

ބުދަ, 24 ޖުލައި 2024

ފޭސް 2 ގެ ވަގުތީ މިސްކިތް ބޮޑުކުރުމުގެ މަސައްކަތް ބާރަށް ކުރިޔަށްއެބަދޭ: އެޗްޑީސީ

ހުޅުމާލެ ފޭސް ދޭއްގައި ހަދާފައިވާ ވަގުތީ ދެވަނަ މިސްކިތް މަސްޖިދް އުޘްމާން ބިން ޢައްފާން ބޮޑުކުރުމުގެ މަސައްކަތް ބާރަށް ކުރިޔަށްދާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން މިއަދު ކުރި ޓްވީޓެއްގައި ބުނީ މިނިސްޓްރީއާއި ގުޅިގެން ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން އެ މިސްކިތަށް އިތުރުކުރާ ބައިގެ މަސައްކަތުގެ ބޮޑު ބައެއް ރަމަޟާން މަސް ފެށުމުގެ ކުރިން ނިންމުމަށް ޓަކައި އެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ.

މި މަސައްކަތުގެ ދަށުން އެ މިސްކިތަށް 600 މީހުންގެ ޖާގަ އިތުރު ކުރެވޭނެނެ ކަމަށާއި މަސައްކަތް ނިމުމުން އަންހެނުން ނަމާދުކުރުމަށް ބޭނުންކުރާ ބައިގެ ޖާގަވެސް އިތުރުވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މިދިޔަ އަހަރުގެ އޭޕްރިލް މަހު ހުޅުވިގެންދިޔަ މި މިސްކިތަކީ 600 މީހުންނަށް ނަމާދުކުރެވޭހެން ބިނާކޮށްފައިވާ މިސްކިތެކެވެ. އަންހެނުންނާއި ފިރިހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ މި މިސްކިތުގައި ހުކުރު ނަމާދުވެސް ކުރެވެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *