logo minivan

English

ބުރާސްފަތި, 25 ޖުލައި 2024
ކުރީގެ ރައީސް މައުމޫނު

އިންތިހާބާ މެދު އެމްއާރްއެމުން ގޮތެއް ނުނިންމަނީސް މައުމޫނާއި ގާސިމުގެ ބައްދަލުވުމެއް

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫމެންޓް (އެެމްއާރްއެމް) އިން މިހައިތަނަށް ގޮތެއް ނިމްމާފައި ނުވާ އިރު އެޕާޓީގެ ޒައީމް، ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްުޔޫމު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ އެކު މިއަދު ބައްދަލުވުއް ބާއްވަވައިފި އެވެ.

ހ. ފުލިދޫގޭގައި ހުންނަ މައުމޫނު ފައުންޑޭޝަނުގެ އޮފީހުގައި އެ ދެބޭފުޅުން ބޭއްވެވި ބައްދަލުވުމުގައި ކުރެއްވި މަޝްވަރާގެ ތަފްސީލެއް އަދި ނުލިބެ އެވެ.

މައުމޫނާއި ގާސިމް ބައްދަލުވުމެއް ބޭއްވެވި އިރު ގާސިމް އިސްކޮށް ހުންނަވާ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމައިފަ އެވެ. އެޕާޓީން ރިޔާސީ އިންތިހާބަށް ނެރޭނެ ކެންޑިޑޭޓެއް ކަނޑައަޅަން ބާއްވާ ޕްރައިމަރީއަށް ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ. އަނެއްކޮޅުން މިހާރު އޮތް ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ހައިސިއްުޔަތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެ އެ ދެ ޕާޓީއަށް ވެސް ދައުވަތު ދެއްވައިފަ އެވެ.

އެމްޑީޕީއާ އެކު ކޯލިޝަން ހަދަން ޖޭޕީއާއި އެމްއާރްއެމް އަށް ރައީސް ދެއްވި ދައުވަތަށް އެ ދެ ޕާޓީން ވެސް އަދި ޖަވާބެއް ނުދެ އެވެ. އެހެން ނަމަވެސް އެ ދެޕާޓީގެ ލީޑަރުން ވަނީ އެ ދައުވަތަށް ފަހުގައި ވެސް ރައީސް ސޯލިހާ ބައްދަލުކުރައްވައިފަ އެވެ. އެގޮތުން އެންމެ ފަހުން ރައީސް ސޯލިހާ ބައްދަލުކުރެއްވީ ރައީސް މައުމޫނެވެ.

ރައީސް އޮފީހުަގައި އިއްޔެ ބޭއްވި އެ ބައްދަލުވުމަށް ފަހުގައި އެމްއާރްއެމުން ބުނީ ކޯލިޝަން ހެދުމާ މެދު ވަކި ގޮތެއް ނުނިންމާ ކަމަށާއި އެމްއާރްއެމްއާއި ރައީސް ސޯލިހުގެ ޓީމާ ދެމެދު އިތުރަށް މަޝްވަރާކުރަން އެއްބަސްވެފައިވާ ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *