logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

އިދިކޮޅު ސަޕޯޓަރުން ރައީސްގެ މޮޓޯކޭޑަށް ހުރަސްއަޅައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް އިދިކޮޅު ކޯލިޝަންގެ މުޒާހަރާގެ ބައިވެރިން ހުރަސް އަޅައި ހުއްޓުވައިފި އެވެ.

އިދިކޮޅު ކޯލިޝަންގެ މީހުން ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅީ، ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ހުޅުމާލޭގައި ދާދިފަހުން ހުޅުވި އުމަރު ޒާހިރު އޮފީސް އިމާރާތުގައި މިރޭ ބޭއްވި ރަސްމިއްޔާތު ނިންމަވާލެއްވުމަށްފަހު މޮޓޯކޭޑްގައި ރައީސް ގެކޮޅަށް ވަޑައިގަންނަވަނިކޮށް، އިދިކޮޅު ޕީޕީއެމްގެ މައި އޮފީސް ހުންނަ އިމާރާތާ ދެމެދުން ބޮޑުތަކުރުފާނު މަގުންނެވެ. އިދިކޮޅު މީހުން ވަނީ ފަނަރަވަރަކަށް މިނެޓް ވަންދެން ރައީސްގެ ކާރުކޮޅު ހުއްޓުވާފައެވެ. އެންމެފަހުން ރައީސްގެ ކާރުކޮޅު ވަނީ އަނބުރާ އައިކޮޅަށް ވަޑައިގެންފައެވެ. އިދިކޮޅު މީހުން ރައީސްގެ ކާރުކޮޅު ހުއްޓުވާ އެތައް އިރެއްވީއިރުވެސް އެކަން ހައްލުކުރެވިފައި ނުވުމުން ގިނަ ބަޔަކު އަންނަނީ ރައީސްގެ ސެކިއުރިޓީއާމެދު ސުވާލު އުފައްދަމުންނެވެ.

މިރޭގެ މުޒާހަރާއިން ޖުމުލަ 22 މީހުން ހައްޔަރުކުރިކަމަށް އިދިކޮޅުން ބުނެއެވެ. މޮޓޯކޭޑަށް ހުރަސް އަޅައިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ހިމެނެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ