logo minivan

English

އަންގާރަ, 23 ޖުލައި 2024
ރައްޔިތުންގެ މަޖިލިސް

ޝިޔާމް ހައްޔަރުކުރިކަން ނޭންގުމުން މަޖިލީހުގެ ކަންބޮޑުވުން

ޕީޕީއެމުން ރޭ ކުރި މުޒާހަރާގެ ބައިވެރިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ހުރަސް އެޅުމުން ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހައްޔަރުކުރި ކަން ފުލުހުން މަޖިލީހަށް އަންގާފައި ނުވާ ކަމަށް ބުނެ މަޖިލީހުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި އެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ޝިޔާމް ހައްޔަރުކުރުމުގައި ފުލުހުން އަމަލުކޮށްފައިވަނީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށެވެ. މަޖިލީހުގެ މެމްބަރަކު ހައްޔަރުކޮށްފި ނަމަ، އެއް ގަޑިއިރުގެ ތެރޭގައި އެކަން މަޖިލީހުގެ ރައީސަށް ނުވަތަ އަމާންއާންމަށް އަންގަންޖެހޭނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"…އާންމުކޮށް މީގެ ކުރިން އަންގަމުންދަނީ. ނަމަވެސް ނައިފަރު ދާއިރާގެ މެމްބަރު ހައްޔަރުކުރުމަށްފަހު އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ ހަތަރު ގަޑިއިރެއްހާއިރު ތެރޭގައި އޭ ދޫކޮށްލީ، އެހެންނަމަވެސް މަޖިލީހަކަށް އަންގާފައި އެއް ނެތް،" އީވާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެގޮތަށް ކަންތައް ކުރުމަކީ މަޖިލީހުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *