logo minivan

English

އާދިއްތަ, 22 ޑިސެމްބަރ 2024
މަރުވި މީހުންގެ ދެބައިކުޅައި އެއް ބަޔަކީ ކުޑަކުދިން

ބަނޑުހައި ހޫނުކަމުގައި ސޯމާލިއާ ގައި މިދިޔަ އަހަރު 43،000 މީހުން މަރުވި

ސޯމާލިއާ ވާރޭ ނުވެހި ގިނަ ދުވަސްތަކެއްވެ ހަނަފަސްކަމުގެ ސަބަބުން މިދިޔަ އަހަރު ކުރިމަތިވި ބަނޑުހައިހޫނުކަމުގައި 43،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އދ އިން ބުނެފއެވެ.

މަރުވި މީހުންގެ ދެބައިކުޅަ އެއްބަޔަކީ އުމުރުން ފަސް އަހަރުން ދަށުގެ ކުޑަކުދިން ކަމަށް ޔުނިސެފާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ގުޅިގެން ހޯމަ ދުވަހު ނެރުނު ރިޕޯޓުގައި ބުންޏެވެ.

މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ސޯމާލިއާގައި ދުވާލެއްގެ މައްޗަށް 135 މީހުން މަރުވެދާނެ ކަމަށް ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިން އާއި އިމްޕީރިއަލް ކޮލެޖް ލަންޑަން އިން ވަނީ ބުނެފައެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ ހަނަފަސްކަމުގެ ސަބަބުން ގާތްގަނޑަކަށް ލައްކައެއްހާ މީހުންނަށް ބަނޑުހައިހޫނުކަމުގެ ނުރައްކާ ކުރިމަތިވެފައިވާ ކަމަށެވެ.

"މަރުތައް މަދުކުރުމަށާއި ފުރާނަ ސަލާމަތް ކުރުމަށްޓަކައި ވަގުތާ ދެކޮޅަށް ދުވަމުން މިދަނީ،" ސޯމާލިއާއަށް ކަނޑައަޅާފައި ހުންނަވާ ޑަބްލިއުއެޗްއޯގެ މަންދޫބު މާމުނުއްރަހްމާން މަލިކް ވިދާޅުވިއެވެ.

ކެންޔާ، އިތިއޯޕިއާ އަދި ސޯމާލިއާގެ ބައެއް ސަރަހައްދުތަކަށް ކުރި ވިއްސާރައިގެ ސަބަބުން އެތައް މިލިއަން ޖަނަވާރުތަކެއް މަރުވެ، ދަނޑުތައް ހަލާކުވެ، ކާބޯތަކެއްޗާއި ފެން ހޯދުމަށް އެއް މިލިއަނަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދާން މަޖުބޫރުވިއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *