logo minivan

English

ބުރާސްފަތި, 25 ޖުލައި 2024

ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލާގައި 4 މީހެއްގެ ބަންދު އިތުރުކޮށްފި

އިދިކޮޅު ޕީޕީއެމުން ރޭ މުޒާހަރާކުރި ސަރަހައްދުން ދަތުރުކުރަނިކޮށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހެއްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފި އެވެ.

ފުލުހުން ބުނީ އޭގެ ތެރެއިން ދެމީހަކު ފަސް ދުވަހަށް އަދި އަނެއް ދެމީހުން 15 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުދީފައިވާ ކަމަށެވެ. ފަސް ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކުރީ އެ މައްސަލައިގައި ހައްޔަރުކުރި އަންހެނަކާ ފިރިހެނެކެވެ. އަދި 15 ދުވަހަށް ބަންދުކުރީ ދެ ފިރިހެނުންނެވެ.

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި އަނެއް 17 މީހުން ކޯޓުން ވަނީ ދޫކޮށްލައިފަ އެވެ.

އިދިިކޮޅު ޕީޕީއެމުން ރޭ މުޒާހަރާ ކުރި ސަރަހައްދުން ވަޑައިގަންނަވަނިކޮށް ރައީސްގެ މޮޓޯކޭޑަށް ބަޔަކު ހުރަސް އެޅުމުގެ ސަބަބުން މޮޓޯކޭޑް 15 ވަރަކަށް މިނެޓަށް މަޑުކުރަން ޖެހުނެވެ. އަދި އޭގެ ފަހުން ރައީސް އިންނެވި ކާރުކޮޅު ވެސް ހިމެނޭ ގޮތުން މޮޓޯކޭޑް ދިޔައީ އަނބުރާ އައި ކޮޅަށެވެ. އެކަމުގައި ސަލާމަތީ ބާރުތަކުން އަމަލުކޮށްފައިވާ ގޮތާ މެދު ގިނަ ސުވާލުތަކެއް އުފެދޭ ކަމަށް ބުނެ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން މިހާރު އަންނަނީ ބަަލަމުންނެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *