logo minivan

English

ބުރާސްފަތި, 25 ޖުލައި 2024

ސައުދީން ރާއްޖެއަށް 50 ޓަނުގެ ކަދުރު ދީފި، އަންނަ ހަފުތާގައި ބަހާނެ

ސައުދީ ސަރުކާރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައިވާ ކަމަށާއި އަންނަ ހަގުތާގައި ރައްޔިތުންނަށް އެ ކަދުރުތައް ބަހާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ސައުދީން ރާއްޖެއަށް ހަދިޔާ ކުރި ކަދުރާ ހަވާލުވެގެން، ކިންގް ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރުގެ ވަފުދެއް ރާއްޖެއަށް ވަޑައިގެންނެނެވި އެވެ. އެ އެ ވަފުދުގެ ބޭފުޅުންނާ އެކު އިސްލާމިކް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، ކަދުރު ހަވާލު ކޮށްދެއްވީ ސައުދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތްރިކް އައްދައުސަރީ އެވެ. އަދި ކަދުރާއި ހަވާލުވެ ވަޑައިގަތީ އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު އަލީ އެވެ.

އެ ރަސްމިއްޔާތުގައި ސައުދީ ސަފީރު ވިދާޅުވީ ސައުދީ އަރަބިއްޔާއާއި ދިވެހިންނާ އޮންނަ ގާތްގުޅުމުގެ ތެރެއިން ކޮންމެ އަހަރަކުވެސް ރާއްޖެއަށް ހަދިޔާކުރައްވާ ކަދުރު މިއަހަރުވެސް ދެއްވާފައިވަނީ ރަސްގެފާނުގެ ފަރާތްޕުޅުންކަމަށެވެ. ރާއްޖެއާއި އެ ގައުމާ އޮންނަ ގުޅުން ދެމި އޮންނަ ފަދައިން ދިވެހިންނަށް އަބަދުވެސް އެ ގައުމުން ހެޔޮއެދޭކަން ސަފީރު ފާހަގަކުރެއްވިއެވެ. އެ ގައުމާއި ރާއްޖެއާއި އޮންނަ ގުޅުން ކުރިއަށް އޮތްތާނގައިވެސް އެގޮތުގައި ދެމި އޮންނާނެކަމަށް ސަފީރު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި ޑރ. އަޙްމަދު ޒާހިރު ޢަލީ ވަނީ ސައުދީ ރަސްގެފާނަށާއި ވަލީއަޙުދަށް، އަދި ކިންގ ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރގެ ވަފުދަށް ޝުކުރު އަދާކުރައްވައިފަ އެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *