logo minivan

English

އަންގާރަ, 23 ޖުލައި 2024

އިމްރާން ވިދާޅުވަނީ މިހާރު ވެސް ތިބީ ރިޔާސީ ރޭހުގެ ކުރީގައި ކަމަށް!

އެމްޑީޕީއާއި އެކު އަދާލަތު ޕާޓީއާއި އެމްޑީއޭއިން ކޯލިޝަން ހަދާފައި ވާތީ އެ ތިން ޕާޓީ މިހާރު ވެސް އެތިބީ ރިޔާސީ ރޭހުގެ ކުރީގައި ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ސިފަކުރައްވައިފި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓްގެ ހައިސިއްޔަތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ އިސް އެހެން ބައެއް ވެރިން އިއްޔެ އަދާލަތު ޕާޓީއާއި އެމްޑީއޭގެ އިސްވެރިންނާ ބައްދަލުކުރެއްވި އެވެ. އެ ބައްދަލުވުމަށް ފަހު ތިން ޕާޓީގެ ވެރިން ނުކުމެވަޑައިގަންނަވާ މަންޒަރު ފެންނަ ފޮޓޯއަކާއި އެކު ރޭ ވަރަށް ދަންވި ފަހުން އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެހެން ޕާޓީތައް އަދި ތިބީ ނެރޭނެ ކެންޑިޑޭޓަކާ ބެހޭ މަޝްވަރާތަކުގައި ކަމަށެވެ.

"މިހާރު ވެސް އަޅުގަނޑުމެން މިތިބީ ރޭހުގެ ކުރީގައި ރައީސް އިބޫ ސޯލިހާ އެކު އިތުރު ދެ ޕާޓީ. އެހެން ބޭފުޅުން އަދި ކެންޑިޑޭޓަކާ ބެހޭ މަޝްވަރާތަކުގައި،" ޓްވީޓްގައި އިމްރާން ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ އިސް އެހެން ވެރިން އަދާލަތާއި އެމްޑީއޭއާ އެކު އިއްޔެ ބޭއްވި ބައްދަލުވުމަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާ ނުލައި ވެސް އިންތިހާބު ކާމިޔާބުކުރެވޭނެ ކަމަށެވެ. ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ގެންދަވަނީ ރައީސް ސޯލިހަށް ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *