logo minivan

English

ބުރާސްފަތި, 25 ޖުލައި 2024

އިޖްތިމާއީ ހިދުމަތުގެ ދާއިރާއަށް އެހީތެރިކަން ދިނުން މުހިންމު: ފަސްޓްލޭޑީ

އިޖްތިމާއީ ހިދުމަތުގެ ދާއިރާއަށް އިތުރު އިންވެސްޓްމަންޓްތައްކޮށް އެދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ބުނިގޮތުގައި އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ ސޯޝަލް ވަރކް ދުވަހުގެ މުނާސަބަތާއި ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ކުރިއަށްގެންދިޔަ ހަރަކާތުގައި ދެއްވި ވީޑިއޯ މެސެޖުގައި ވާހަކަފުޅު ދައްކަވަމުން ކަމަށެވެ.

އެކަމަނާ ވިދާޅުވީ އެ ދާއިރާއަށް އިންވެސްޓްމަންޓްތައް ކުރުމަކީ އަދުލުވެރި ސުލްޙަވެރި ބާއްޖަވެރި މުޖުތަމައެއް ބިނާކުރުމަށްޓަކައި ކުރެވޭ އިންވެސްޓްމަންޓެއްކަމަށް ގަބޫލުކުރައްވާކަމަށެވެ. އަދި އެންމެން ޝާމިލްވާ އިންސާފުވެރި މުޖުތަމައެއް އުފެއްދުމަށް އިޖްތިމާއީ ހިދުމަތްތެރިން ކުރައްވާ ބުރަ މަސައްކަތްވެސް އެކަމަނާ ވަނީ އެ ވީޑިއޯ މެސެޖުގައި ފާހަގަކުރައްވާފައެވެ.

އޭގެ އިތުރުން އެ ވީޑިއޯ މެސެޖުގައި، ދުނިޔޭގެ ސޯޝަލް ވަރކާސް ދުވަހުގެ މުނާސަބަތުގައި އިޖްތިމާއީ ހިދުމަތުގެ ބުރަ މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށް އެކަމަނާ އިހްލާސްތެރިކަމާއެކު ޝުކުރުދަންނަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އެ ހަރަކާތަކީ އިޖްތިމާއީ ހިދުމަތްތެރިން ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. އަދި އެ ހަރަކާތުގައި 15 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށްފައިވާ އިޖުތިމާއީ ހިދުމަތްތެރިންނަށް ހަނދާނީ ފިލައެއް ހަވާލުކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *