logo minivan

English

ހޯމަ, 09 ޑިސެމްބަރ 2024

އަލަށް ގުޅުނު ފުލުހުން ހުވާކޮށްފި

ދިވެހި ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކޮށްފި އެވެ.

ފުލުހުންގެ އިދާރާއިން ބުނީ އަލަށް ގުޅުނު ފުލުހުން ހުވާކުރީ އިސްކަންދަރު ބިލްޑިންގ ގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށާއި އެ ފުލުހުންނަށް ހުވާލައިދިނީ ޢަލްއުސްތާޒު އާދަމް އާރިފް ކަމަށެވެ.

އެ ރަސްމިއްޔާތުގައި ހުވާކޮށްފައިވަނީ ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު 142 ފުލުހުންނެވެ. އޭގެ ތެރޭގައި 53 އަންހެން ފުލުހުންނާއި 89 ފިރިހެން ފުލުހުން ހިމެނެއެވެ. އަދި ހުވާކުރުމަށްފަހު ހުވާގެ ލިޔުމުގައި ސޮއިކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އެ ރަސްމިއްޔާތުގައި ހެޑް އޮފް ޕީޕަލް ޑައިރެކްޓްރޭޓް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ބަޝީރު، ހެޑް އޮފް ވޯކްފޯސް ޕްލޭނިންގ އެންޑް މެނޭޖްމަންޓް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ސުލްޠާން އަޙުމަދު ބިޝާރު، ހެޑް އޮފް ރެކްރޫޓުމަންޓް އެންޑް ޑިޕްލޯއިމަންޓް ޔުނިޓް، އިންސްޕެކްޓަރ އޮފް ޕޮލިސް ހުސައިން ޝަރީފް ބައިވެރިވިއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. އަލައްގުޅުފުލުހުއްނަޢްހުވާކުރުމައްފަހުދެއްފޮނުވާނީ…..ޕީޕިއެމްގެސުލުހަވެރި
    ހިގާލުއްނުވަތަ…މުޒާހަރާރޫޅާލައްފޮނުވާފުލުހުޢްގެއަމަލުތައްހުއްނާނީރައިސްސޯލިހުވިދާޅުވާތޮއްގައެރުގާނޫނީއަމަލުތައްކުރުމައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *