މޯލްޑިވްސް ނެޝަނަލް ޑިފެންްސް ފޯސް (އެމްއެންޑީއެފް)ގެ އޮޕަރޭޝަނަލް ނުވަތަ ޓެކްޓިކަލް ލެވެލްގައި ކަމެއް ދިމާވިޔަސް، އެކަމަކާ ގުޅުވައި މިނިސްޓަރަށް އިނގިލި ދިއްކުރަނީ "އަންހެނަކަށް ވީތީ" ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ސިފަކުރައްވައިފި އެވެ.
މާލޭގައި އިއްޔެރޭ ޕީޕީއެމުން ކުރި މުޒާހަރާގައި ބައިވެރިވި ބަޔަކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ހުރަސް އަޅައި، ހުއްޓުވި އިރު، އެ ހާލަތާ ކުރިމަތިލުމުގައި ސިފައިން އަމަލުކުރި ގޮތާ މެދު ބޮޑެތި ސުވާލުތައް ވަނީ އުފެދިފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން އެ މައްސަލަ ބަލަން ފަށާފައި ވާއިރު އެކަމުގައި އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވީ މާރިޔާ އަށެެވެ. އޭނާ މަގާމުން ވަކިކުރުމުގެ މައްސަލައެއް ވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެވެ. އެހެން ނަމަވެސް އެ މައްސަލަ މަޖިލީހަށް ބަލައެއް ނުގަނެ އެވެ.
If an operation in IGMH goes bad noone blames the Health Minister. If the police goof up, noone blames the Home Minister. But, even at an operational/tactical level, something happens at MNDF, Defence Minister, who happens to be a woman is to blame & it’s “Celebrate women” Month!
— Mariya Didi 🎈 (@MariyaDidi) March 22, 2023
ފާޑުކިއުންތަކަށް ރައްު ދެއްވައި މިއަދު ކުރެއްވި ޓްވީޓެއްގައި މާރިޔާ ވިދާޅުވީ އައިޖީއެމްއެޗްގައި ކުރާ އޮޕަރޭޝަނެއް ގޯސްވިޔަސް، އެކަމުގެ ޒިންމާ އެއްވެސް މީހަކު ހެލްތު މިނިސްޓަރުގެ އިސްތަށިފުޅުގައި ނާޅުވާނެ ކަމަށެވެ. ހަމަ އެގޮތަށް ފުލުހުން ލަދުވެތި ކަމެއް ކުރިޔަސް، ހޯމް މިނިސްޓަރުގެ އިސްތަށިފުޅުގައި އެކަމުގެ ޒިންމާ އެއްވެސް މީހަކު ނާޅުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެކަމަކު އެމްއެންޑީއެފްގެ އޮޕަރޭޝަނަލް/ޓެކްޓިކަލް ލެވެލްގައި ކަމެއް ހިނގިޔަސް އިނގިލިދިއްކުރާނީ ޑިފެންސް މިނިސްޓަރަށް،" މާރިޔާ ވިދާޅުވި އެވެ.
އެގޮތަށް ކަންތައް ކުރަމުން ދާއިރު މިއީ "ސެލެބްރޭޓް ވޮމެން މަންތު"ގެ ގޮތުގައި ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރާ މަސްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ރައީސްގެ މޮޓޯކޭޑް ހުއްޓުވި ހާދިސާގައި ކަންހިނގި ގޮތް ބަލަން މާރިޔާ މިހާރު ވަނީ ހާއްސަ ކޮމިޓީއެއް އެކުލަވައިލައްްވާފަ އެވެ. އެ މައްސަލަ ބަލާތީ ރައީސްގެ ގާޑުންގެ ކޮމާންޑަރު ވެސް މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
ސިންޕަތީ ހޯދަން ތިއުޅެނީ.