logo minivan

English

ބުރާސްފަތި, 25 ޖުލައި 2024

ރޯދަމަހުގެ އިހުޔާ ފޯރަމްތައް މާދަމާރޭ ފަށަނީ

މިއަހަރުގެ ރަމަޟާންމަހުގެ ރޭތައް އިހްޔާކުރުމަށް ބާއްވާ އިހްޔާ ފޯރަމްތައް މާދަމާ ރޭ ފަށާނެ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރު ޖުމްލަ 17 އިހްޔާ ޕްރޮގްރާމެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މާލޭގައި 9 ޕްރޮގްރާމާއި އަތޮޅުތަކުގައި 8 ޕްރޮގްރާމް ކުރިއަށް ގެންދާނެ ކަމަށެވެ.

އަދި މާލޭގައި އިހްޔާ ޕްރޮގްރާމްތައް އޮންނާނީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް ކޮންމެ އާދިއްތަ އަދި ބުރާސްފަތި ދުވަހެއްގެ ރޭ 21:30 ގައި އިސްލާމީ މަރުކަޒުގެ ހޯލްގައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި އަތޮޅުތަކުގައި ހުކުރު އަދި ހޮނިހިރު ދުވަހުރޭ ރޭގަނޑު 21:30 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މިއަހަރުގެ ފުރަތަމަ އިހްޔާ ޕްރޮގްރާމްގައި ތަގްރީރުކުރައްވާނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއާއި އައްޝައިޚް ޙަސަން ލަޠީފް މޫސާ އެވެ. މާދަމާގެރޭ އިސްލާމީ މަރުކަޒުގެ ހޯލްގައި އޮންނަ މި ޕްރޮގްރާމްގެ މައުޟޫއުއަކީ ”ހެޔޮ ބަދަލަކަށް ރަމަޟާން” މި މައުޟޫއު ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އަތޮޅުތަކުގައި ބާއްވާ އެންމެ ފުރަތަމަ އިހްޔާ ޕްރޮގްރާމް އޮންނާނީ އައްޑޫ ސިޓީގައި ކަމަށާއި، އެ ޕްރޮގްރާމް އޮންނާނީ ހުކުރު ދުވަހުގެ ރޭ (24 މާރިޗް 2023) އައްޑޫ ހައި ސްކޫލް ހޯލްގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. ”ލޮބުވެތި ނަބިއްޔާ ﷺ ގެ ޙަޔާތްޕުޅުން” މި މައުޟޫޢުއަށް ތަގްރީރުކުރައްވާނީ އަލްއުސްތާޛް މުހައްމަދު އަނީލް އަދި ޑރ. ޢަލީ ޒާހިރު ކަމަށްވެސް އެ މިނިސްޓރީން ބުންޏެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *