logo minivan

English

އަންގާރަ, 16 ޖުލައި 2024

ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ އެންއައިސީން ބަލަނީ

މިދިޔަ ހޯމަ ދުވަހުރޭ އިދިކޮޅު ޕީޕީއެމުން މާލޭގައި ކުރި މުޒާހަރާގައި ބައިވެރިވި ބަޔަކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ހުރަސް އަޅައި ހުއްޓުވި މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަން ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ނިންމައިފި އެވެ.

އެންއައިސީން މިއަދު ކުރި ޓްވީޓެއްގައި ވާ ގޮތުން އެ މައްސަލާގައި އެކޮމިޝަނުން ބަލާނީ މައިގަނޑު ދެކަމެކެވެ. އެއީ ރައީސުލް ޖުމްހޫރިއްޔާއަށް ސެކިއުރިޓީ ދިނުުމުގައި ފުލުހުންގެ ދައުރެއް އޮވޭތޯއާއި މޮޓޯކޭޑް ހުއްޓުވި ހާދިސާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ އެވެ. އެ މައްސަލަ ބަލަން ނިންމީ ކޮމިޝަނުން އިސްނަގައިގެން، އަމިއްލައަށް ކަމަށް ވެސް އެ ޓްވީޓްގައި ބުންޏެވެ.

މުޒާހަރާގެ ބައިވެރިން ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅުމުގެ ސަބަބުން ރައީސް އިންނެވި ކާރުކޮޅު ހިމެނޭ ގޮތުން އެ ގާފިލާގެ އެހެން އުޅަނދުތައް 15 ވަރަކަށް މިނެޓަށް މަޑުކުރަން ޖެހުނެވެ. އެ މައްސަލައިފައި ސިފައިންނާއި ފުލުހުންނަށް ފާޑުކިއުންތައް އަމާޒުވެފައި ވާއިރު ރައީސަށާއި ދައުލަތުގެ އެހެން ވެރިންނަށް ސެކިއުރިޓީ ދިނުމުގެ ބޮޑު ޒިންމާ އޮންނަނީ ސިފައިންނަށެވެ. އެހެންވެ އެ މައްސަލަ ބަލަން އެމްއެންޑީއެފުން މިހާރު ވަނީ ހާއްސަ ކޮމިޓީއެއް އެކުލަވާލައިފަ އެވެ. ކޮމިޓީން އެ މައްސަލަ ބަލަން ފަށާފައި ވާއިރު ޕްރެޒިޑެންޝަލް ގާޑްގެ ކޮމާންޑިން އޮފިސަރު ކާނަލް އިބްރާހީމް މަގާމުގެ މަސްއޫލިއްޔަތު ތަކުން އެކަހެރިކޮށް، އެ މަގާމު ވަގުތީ ގޮތުން އެހެން ބޭފުޅަކާ ވަނީ ހަމާލުކޮށްފަ އެވެ.

އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި އެ ކޮމިޓީ އެކުލަަވައިލީ އެމްއެންޑީއެފްގެ ލީޑަޝިޕްގެ ލަފަޔާ އެކު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.

ރައީސްގެ މޮޓޯކޭޑް ހުއްޓުވި މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ވެސް މިހާރު ވަނީ ބަލަން ފަށައިފަ އެވެ. އެ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ގިނަ މެމްބަރުން ވިދާޅުވީ އެ ކަމުގައި ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވި އެއް ކަންބޮޑުވުމަކީ ރައީސްގެ މޮޓޯކޭޑަށް ހުރަސް އަޅައި، އެކަމުގައި 15 މިނެޓް ހޭދަވި އިރު ފުލުހުންނަށް އެ މަގު ކްލިއާ ނުކުރެވުނު ކަމުގެ ކަންބޮޑުވުމެވެ. ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ރައީސް ސޯލިހުގެ ކޮއްކޯފުޅު އަލީ ނިޔާޒު ވިދާޅުވީ ރައީސްގެ މޮޓޯކޭޑް އެތަނުގައި އެތައް އިރެއް ވަންދެން މަޑުކުރުމަށް ފަހު އަނބުރާލާފައި ދިޔަ އިރު އެތަނުގައި އެހާ ގިނަ ބަޔަކު އެއްވެފައި ނެތް ކަމަށެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *