logo minivan

English

ބުދަ, 24 ޖުލައި 2024
ބިންހެލުމުގެ އަސަރު އިންޑިއާއަށްވެސް ވަނީ ކޮށްފައި ފޮޓޯ: ގެޓީ އިމޭޖްސް

ޕާކިސްތާނާ އަފްގާނިސްތާނަށް އައި ބިންހެލުމުގައި 12 މަރު

ޕާކިސްތާނާއި އަފްގާނިސްތާނުގެ ބޮޑު ސަރަހައްދަކަށް އައި ބާރުގަދަ ބިންހެލުމުގައި 12 މީހުން މަރުވެ 200 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެއެވެ.

6.5 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މި ބިންހެލުމުގައި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ވަނީ ހިނގާފައެވެ.

ބިންހެލުން އައިސްފައިވަނީ ޕާކިސްތާނުގެ ބޯޑަރު ކައިރީގައި އޮންނަ އަފްގާނިސްތާނުގެ ފަރުބަދަމަތީ ސަރަޙައްދަކަށެވެ.

ދުރު ޖުރްމް ވާދީ ސަރަހައްދަށް އައި ބިންހެލުންތަކުގެ އިހުސާސު އިންޑިއާ އަށްވެސް ކުރެވުނެވެ.

"އެއީ ބިރުވެރި ބިންހެލުމެކެވެ. ހަޔާތުގައި މީގެ ކުރިން ދުވަހަކުވެސް މިފަދަ ބިންހެލުމެއް އިހުސާސެއް ކުރެވިފައެއް ނުވޭ،" ކާބުލްގެ ރައްޔިތެއް ކަމަށްވާ ހަތޭރާ އޭއެފްޕީ ނިއުސް އެޖެންސީއަށް ކިޔައިދިނެވެ.

ނުވަ މީހުން މަރުވެފައިވަނީ ޕާކިސްތާނުގެ ހައިބަރު ޕަހްތޫންހުވާގެ ވާދީ ސަރަހައްދުންނެވެ.

އަފްގާނިސްތާނުގައި އިތުރު ތިން މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ. ޕާކިސްތާނުގެ ބޯޑަރު ކައިރީގައި އޮންނަ ލަގްމާން ޕްރޮވިންސްގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނޭ ކަމަށް އޭއެފްޕީން ބުނެއެވެ.

ބިންހެލުމުގެ ސަބަބުން ފޯނު ލައިންތަކަށް އަސަރުކޮށްފައިވާއިރު، ޕާކިސްތާނުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބުނު ސްވަޓް ސަރަހައްދުގެ ހައިވޭ ވަނީ ބަންދުކޮށްފައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ ޑިޒާސްޓަ އެޖެންސީތަކުން ރައްޔިތުންނަށް އެހީވުމަށް ކުއްލި ފިޔަވަޅުތަކެއް އެޅުމަށް އެދިވަޑައިގެންފައެވެ.

މިދިޔަ އަހަރުގެ ޖޫން މަހު އަފްގާނިސްތާނުގެ ޕަކްޓިކާ ޕްރޮވިންސަށް 5.9 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގައި 1،000 އަށް ވުރެ ގިނަ މީހުން މަރުވިއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *