logo minivan

English

ހޮނިހިރު, 13 ޖުލައި 2024

ޖަމާއަތަށް މިސްކިތަށްދާ ފަރާތްތަކުގެ ވެހިކަލްތަކުގައި ސްޓިކާ ނުޖެހުމަށް މޭޔަރު މުއިއްޒު އިލްތިމާސް ކޮށްފި

ރޯދަމަހު ޖަމާއަތަށް މިސްކިތަށްދާ ފަރާތްތަކުގެ ވެހިކަލްތަކުގައި ސްޓިކާ ނުޖެހުމަށް މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު އިލްތިމާސް ކޮށްފިއެވެ.

މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަމާއަތް ގަޑީގައި، ހާއްސަކޮށް ރޯދަމަހު، ޓެކްސީ އާއި ސައިކަލާއި އެހެނިހެން ވެހިކަލްތަކުގައި އުޅޭ ފަރާތްތަކުން ޖަމާޢަތަށް އަރާފައި ފައިބަންދެން ވެހިކަލް ޕާކްކޮށްލާފައި ބޭއްވުމަކީ ސްޓިކަރ ޖަހާ ޖޫރިމަނާކުރަންޖެހޭނެ ކަމެއްނޫން ކަމަށެވެ

މުއިއްޒު ވަނީ ރޯދަމަހު، ޓެކްސީ އާއި ސައިކަލާއި އެހެނިހެން ވެހިކަލްތަކުގައި އުޅޭ ފަރާތްތަކުން ޖަމާއަތަށް އަރާފައި ފައިބަންދެން ވެހިކަލް ޕާކްކޮށްލާފައި އޮންނަ ވަގުތުގައި ސްޓިކާ ނުޖެހުމަށް އިލްތިމާސް ކުރައްވާފައެވެ.

މާލޭގައި އެއްގަމު އުޅަނދު ޕާކުކުރެވޭނެ ފުރިހަމަ އިންތިޒާމްތަކެއްނެތި ޕާކިން މައްސަލައިގައި ޖޫރިމަނާކޮށްފައިވާ ރައްޔިތުންގެ ޖޫރިމަނާ މިހާރުން މިހާރަށް މާފުކޮށްދެއްވުމަށްވެސް މުއިއްޒު ދާދިފަހުންވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

ޕާކުކުރާނެ ޖާގަ ނުދައްކައި ސްޓިކާ ނުޖަހާނެކަމަށް ރިޔާސީ ކެޕްނެއިންގައި ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ސަރުކާރުން ސްޓިކާ ޖަހައިގެން ގިނަ އަދަދެއްގެ ފައިސާ ވަނީ މިހާތަނަށް ހޯދާފައެވެ. އެހެން ކަމުން އެކަމަށް ވަނީ ބޮޑެތި ފާޑުކިއުންތަކެއް ސަރުކާރަށް އަމާޒުވެފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *