logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ގެދޮރާއި މުދަލަށް ރައްކާތެރިވުމަށް ފުލުހުން އިލްތިމާސްކޮށްފި

ރޯދަމަހު އަމިއްލަ މުދަލާއި ގެދޮރަށް ހާއްސަ ސަމާލުކަމެއް ދިމުނަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ރޯދަމަހު ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައި ގެހުސްކޮށް ގެއިންބޭރަށް ދާނަމަ ދިއުމުގެ ކުރިން ގޭގެ ހުރިހާ ދޮރުތަކެއް ލައްޕާ ބެލްކަނި ދޮރު، ފެންލައިޓް، އަދި ވައިގޮޅި ފަދަތަންތަން ވައްކަންކުރުމަށް މަގުފަހި ނުވާނެހެން ރަނގަޅަށް ތަޅުލުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން ފޯނު، ލެޕްޓޮޕް، ޓެބްލެޓް، އައިޕެޑް، ވޮލެޓް، އަތުކުރީގަޑި އަދި ފައިސާއާއި އެހެނިހެން ތަކެތިވެސް ވައްކަންކުރުމަށް މަގުފަހިވާގޮތަށް ގޭތެރޭގައި ނުބެހެއްޓުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.

ހަމައެއާއެކު ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައިވެސް މަގުމަތީގައި ހިނގާބިނގާވެ އުޅުމުގައި، ފޭރުމުގެ އަމަލެއް ހިންގުމަށް މަގުފަހި ނުވާނޭހެން ތިމާ ގެންގުޅޭ ތަކެއްޗަށް ރައްކާތެރިވުމަށާއި އަޅުކަންކުރުމަށް މިސްކިތުގައި ހޭދަކުރާ ވަގުތުތަކުގައިވެސް ފޯނު، ވޮލެޓު އަދި ދަބަސްފަދަ ތަކެއްޗަށް ސަމާލުވެ ރައްކާތެރިކުރުމަށް ފުލުހުން އެދިލައްވައެވެ.

އޮފީސް އިމާރާތްތަކާއި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އޮފީސްތަކާއި ފިހާރަތައްވެސް ބަންދުކޮށްފައިދާއިރު ދޮރުތައް ރަނގަޅަށް ތަޅުލުމަށާއި ފިހާރަތެރޭގައި ފައިސާ ނުބެހެއްޓުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.

މި އަހަރުގެ ރަމަޟާންމަހު ވައްކަމުގެ މައްސަލަތައް މަދުކުރުމަށް ކޮންމެ ފަރުދަކުވެސް ތިމާގެ އަމިއްލަ މުދަލަށް ރައްކާތެރިވުމަށާއި، އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފުލުހުން ކުރަމުންދާ މަސައްކަތުގައި އެއްބާރުލުން ދެއްވުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ