logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ހިތަދޫގައި އިމާރާތްކުރި މިސްކިތް ނައިބުރައީސް ހުޅުވައިދެއްވައިފި

އައްޑޫސިޓީ ހިތަދޫގައި އަލަށް އިމާރާތް ކޮށްފައިވާ މިސްކިތް މަސްޖިދުލް ވާލިދައިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އަދި އިސްލާމިކް މިނިސްޓާރ ޑރ އަހުމަދު ޒާހިރު މިއަދު ހުޅުއްވައިދެއްވައިފިއެވެ.

މިމިސްކިތް ހުޅުއްވައިދެއްވީ މިއަދުގެ ހުކުރު ނަމާދުގެ ކުޑަވަގުތުކޮޅެއް ކުރިން ނެވެ. މިކަމައްޓަކައި ބޭއްވި ރަސްމިޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފޫލުގައި ދީނީ އަޅުކަންތަކަށް ސަމާލުކަން ދިނުމަށާއި އަދި މިސްކިތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އިލްތިމާސް ކުރެއްވިއެވެ.

ހެޔޮއެދޭ އަމިއްލަފަރާތަކުން ބިނާކޮށްފައިވާ މިމިސްކިތަކީ މުންނާރާއި ގުއްބު ހިމެނޭގޮތަށް ޒަމާނީ ފެންވަރަކަށް ބިނާ ކޮށްފައިވާ މިސްކިތެކެވެ. މިސްކިތަކީ 250 މީހުންގެ ޖާގަހިމެނޭ، އަންހެން އަދި ފިރިހެނުންނަށް ވެސް ފަސޭހައިން ބޭނުން ކުރެވޭނެހެން ފަރުމާ ކުރެވިފައިވާ މިސްކިތެކެވެ.

މިސްކިތް ހުޅުއްވާ ދެއްވުމައްފަހު ހިތަދޫގައި އައްޑޫ ސިޓީ އިސްލާމިކް ސެންޓަރ އެޅުމަށް ހަމަޖެހިފައިވާ ބިން ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ބައްލަވާލެއްވިއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ