logo minivan

English

އަންގާރަ, 24 ޑިސެމްބަރ 2024

"ރަންތާޖު" ގުރުއާން މުބާރާތް ފަށައިފި

ރިއަލިޓީ ޝޯ އެއްގެ ގޮތުގައި ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ގުރުއާން މުބާރާތްކަމުގައިވާ، "ރަންތާޖު" ރޭ ފަށައިފިއެވެ.

ރާއްޖެ ޓީވީއާއި ޔޫތު މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން މިއަހަރުގެ ރޯދަ މަހު ކުރިއަށްގެންދާ މި މުބާރާތް އިފްތިތާހް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ.

މިމުބާރާތުގެ ފުރަތަމަ ޝޯ ރޭ ވަނީ ރާއްޖެޓީވީން ދައްކާފައެވެ.

މި ގުރުއާން މުބާރާތް ހުޅުއްވައި ދެއްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިފަދަ މުބާރާތެއް މަޤުޞަދަކީ، ކީރިތި ގުރުއާނަށް ލޯބި ޖެއްސުމާއި، ތަޖުވީދުގެ މަގުން ގުރުއާން ކިޔެވުމަށް ބާރުއެޅުން ކަމުގައެވެ.

މި މުބަރާތުގެ އޮޑިޝަންގައި 111 މީހުން ވަނީ ބައިވެރިވެފައެވެ. ރާއްޖޭގެ 6 ސަރަހައްދެއްގައި މި މުބާރާތުގެ އޮޑިޝަންތައް ވަނީ ބާއްވާފައެވެ. މުބާރާތުގެ ފައިނަލަށް 20 ބައިވެރިން ހޮވާފައި ވަނީ އެއަށްފަހުގައެވެ.

މިމުބާރާތަށް 3 ލައްކަ ރުފިޔާގެ ފައިސާގެ އިނާމްވަނީ ހުށައަޅާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *