logo minivan

English

އަންގާރަ, 16 ޖުލައި 2024
އެމްޑީޕީގެ ކެމްޕޭން ޓީމުތައް މާލޭން ފުރުމުގެ ކުރިން ފޮޓޯއަކަށް ހުއްޓެނީ

އެމްޑީޕީގެ ކެމްޕޭން ޓީމުތަކުގެ ދަތުރުތައް ފަށައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރާ ކެމްޕޭނުގައި އެމްޑީޕީން އަތޮޅުތަކަށް ކުރާ ދަތުރުތައް ފަށައިފި އެވެ.

އެމްޑީޕީން އަތޮޅުތަކަށް ކުރާ ދަތުރުތަކުގައި މިއަދު ކާށިދުއާއި ގާފަރަށް ދިޔަ ޓީމުގައި އެޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ސިޔާސީ އެހެނިހެން ހަރަކާތްތެރިން ހިމިނިވަޑައިގަންނަވަ އެވެ.  ކާށިދުއާއި ގާފަރަށް ދިޔަ ޓީމުގައި ހިމެނިވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރޭގައި ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ރައިސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު އަލީ ނިޔާޒާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުއިއްޒު ހިމެނިވަޑައިގަންނަވަ އެވެ.

މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރާއި ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަނީ އަބްދުލް ހަކީމާއި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދާއި ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު ވެސް ކާށިދުއާއި ގާފަރަށް ދިޔަ އެމްޑީޕީގެ ޓީމުގައި ހިމެނިވަޑައިގަންނަވަ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވަން އެޕާޓީން ބޭއްވި ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. އެހެން ނަމަވެސް އެ ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރެއްވި ކެންޑިޑޭޓް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ރައީސް ސޯލިހަށް ތާއީދު ނުކުރައްވައި ވަކިން މަސައްކަތް ކުރައްވަމުންނެވެ.

ރިޔާސީ އިންތިހާބަށް އެމްޑީޕީއާ އެކު ކޯލިޝަނެއްގައި މަސައްކަތް ކުރަން މިހައިތަނަށް އެއްބަސްވެފައި ވަނީ އަދާލަތު ޕާޓީއާއި އެމްޑީއޭ އިންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *