logo minivan

English

ބުދަ, 24 ޖުލައި 2024
ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ޗިވެލް ބްލޭންކް ރަންދެލި. ފޮޓޯ:ރަންދެލި

މިއަހަރު ޓޫރިސްޓުން އައި އަދަދު ބައިމިލިޔަނަށް އަރަނީ

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ބައިމިލިޔަނާ ގާތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހައިތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދަކީ 483،624 އެވެ. އެ ހިސާބުތައް ދައްކާ ގޮތުން މިހާރު ކޮންމެ ދުވަހު އެވްރެޖްކޮށް 5،898 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރެ އެވެ. އެ ރޭޓުން އަންނަ ނަމަ މިހިނގާ މާޗްމަސް ނިމުމުގެ ކުރިން، މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ބައި މިލިޔަން ފަހަނަ އަޅައި ދާނެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ދެމަސްދުވަހާ އަޅައި ބަލާއިރު ޓޫރިސްޓޫން އަންނަ ރޭޓް މިހާރު ވަނީ ކޮންމެވެސް ވަރަކަށް މަޑުޖެހިލައިފަ އެވެ. އެގޮތުން މިިދިޔަ ފެބްރުއަރީ މަހު ރާއްޖެއަށް ޓޫރިސްޓުން އައި އަދަދު، މިދިޔަ އަހަރާ އަޅައި ބަލާއިރު 27.6 ޕަސެންޓުން އިތުރުވެފައި ވިޔަސް، މިހިނގާ މާޗްމަހު ޓޫރިސްޓުން އައި އަދަދު މިދިޔަ އަހަރާ އަޅައި ބަލާއިރު އިތުރުވީ 22.7 ޕަސެންޓުންނެވެ.

ރާއްޖޭގެ ޓޮޕް މާކެޓްތަކުގެ ލިސްޓަށް މިމަހު ވެސް މާބޮޑު ބަދަލެއް ނާދެ އެވެ.

އެންމެ ގިނަ ޓޫރިސްޓުން އައި ގައުމުތަކާއި އަދަދުތައް

  1. ރަޝިޔާ: 59،987
  2. އިންޑިއާ: 52،276
  3. އިނގިރޭސިވިލާތް: 44،839
  4. އިޓަލީވިލާތް: 43،267
  5. ޖަރުމަނުވިލާތް: 33،756
  6. ފަރަންސޭސިވލާތް: 21،132
  7. އެމެރިކާ: 19،865
  8. ޗައިނާ: 15،175
  9. ސުވިޒަލޭންޑް: 11،381
  10. ޕޮލެންޑް: 8،827

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި މިވަގުތު އޮޕަރޭޓްކުރަމުން އަންނަނީ 60،382 ޓޫރިސްޓް އެނދެވެ. އެއީ 169 ރިސޯޓަކާއި 13 ހޮޓަލަކާއި 894 ގެސްޓްހައުސް އަދި 153 ސަފާރީ ގަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *