logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024
ސައުދީއަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި ކަދުރު އިސްލާމިކް މިނިސްޓްރީން ބަހަނީ. ފޮޓޯ:އިސްލާމިކް މިނިސްޓްރީ

ސައުދީން ހަދިޔާކުރި ކަދުރު ބަހަން ފަށައިފި

ސައުދީ އަރަބިއްޔާ އިން މި އަހަރު ރާއްޖެ އަށް ހަދިޔާކުރި ކަދުރު ބަހަން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކަދުރު ބެހުން ކުރިއަށް ދާނީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 09:30 އިން މެންދުރު 12:00 އަށް އިސްލާމީ މަރުކަޒުގެ ލޮބީގައި ކަމަށެވެ.

ކަދުރު ބަލައި ދާ އިރު އައިޑީ ކާޑު ގެންދަން ޖެހެ އެވެ.

މިއަދު ކަދުރުބަހަން ފަށާފައި ވަނީ މާލޭގައެވެ. 

 

 

އިސްކާމިކް މިނިސްޓްރީން ބުނެފައިވަނީ  އަތޮޅުތަކުގައި ކަދުރު ބަހާނީ، މިނިސްޓްރީން އިޢުލާންކޮށްފައިވާ ފަގީރުންގެ ދަފުތަރުގައި ހިމެނޭ ކޮންމެ ގޭބިސީއަކަށް ޕެކެޓެއް ދިނުމަށް ފަހު މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޒިރުވާ ތަރުތީބުންކަމުގައެވެ.

ސީދާ މިނިސްޓްރީއިން  ކަދުރު ބަހަނީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށެވެ. އަތޮޅުތެރޭގެ ރަށްރަށަށް ކަދުރުބަހާނީ ރަށު ކައުންސިލްތަކުންނެވެ.

ސައުދީ ސަރުކާރުން ރާއްޖެ އަށް މިއަހަރު ހަދިޔާ ކުރީ 50 ޓަނުގެ ކަދުރެވެ. މި ކަދުރު ފަގީރުންގެ ގޭބިސީތަކަށް ބެހުމަށް ފަހު، ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 26 ޕަކެޓް ކަދުރެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *