logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ލެޑް ޑިސްޕްލޭގެ ލީޑިން ކުންފުނި ނޯވާސްޓާގެ ރާއްޖޭގެ ޑިސްޓްރިބިއުޓާ ކަން ޓެކް ވޭވްސް އަށް

ލެޑް ޑިސްޕްލޭއާ އި އެއާ ގުޅޭ ހިދުމަތްތައް ދިނުމުގައި ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކުންފުނި،. "ނޯވާސްޓާ"ގެ ރާއްޖޭގެ އޮފިޝަލް އޮތޮރައިޒްޑް ޕާޓްނަރަކަށް ޓެކް ވޭވްސް ޕްރައިވެޓް ލިމިޓެޑް ހަމަޖެހިއްޖެ އެވެ.

ނޯވާ ސްޓާގެ ޕާޓްނަޝިޕް ސެޓްފިކެޓް ޓެކް ވޭވްސްއާ ހަވާލުކުރީ އެކުފުނިން ރާއްޖޭގައި ބޭއްވި ފުރަތަމަ ވޯކްޝޮގް ތެރެއިންނެވެ. އޮލިމްޕަހުގައި ބޭއްވި އެ ވޯކްޝޮޕްގެ ތެރެއިން ޕާޓްނަޝިޕް ސެޓްފިކެޓް ޓެކްވޭވްގެ ކޯ ފައުންޑާ ހުސައިން ޝިހާބާ ހަވާލުކޮށްދެއްވީ ނޯވާ ސްޓާގެ އެކައުންޓް މެނޭޖަރް ލިއޯ ގޫއޯ އެވެ.

ޓެކް ވޭވްސް އާއި ނޯވާ ސްޓާ އިން އުފެއްދި މި ޕާޓްނަޝިޕްގެ ދަށުން ނޯވާ ސްޓާގެ އުފެއްދުންތައް ގަންނަ ފަރާތްތަކަށް، ވޮރެންޓީއާ އެކު ހިދުމަތްދޭނީ ހަމަ އެކަނި ޓެކްވޭވުންނެވެ. ޓެކްވޭވްގެ ކޯފައުންޑާ އަދި ތަޖުރިބާ ކާރު ވިޝުއަލް އިންޖިނޭރް މުޙައްމަދު ޞަބާހު ވިދާޅުވި ގޮތުގައި އެ ޕާޓްނަޝިޕާއި އެ ޕާޓްނަޝިޕްގެ ދަށުން ލިބޭނެ ފުރުސަތުތަކާ މެދު އޭނާ ހުންނެވީ ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގެންފަ އެވެ.

ނޯވަސްޓާއިން އޮލިމްޕަހުގައި ކުރިއަށް ގެންދިޔަ ވޯކްޝޮޕަށް ރާއްޖޭގެ ވިޝުއަލް އިންޖިނޭރުންނާއި އެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކުން ޒިޔާރަތްކުރި އެވެ. ނޯވާސްޓާގެ އެކިއެކި އުފެއްދުންތައް ބޭނުންކުރާނެ ގޮތުގެ ލައިވް ޑެމޯދެއްކުމާއި އެ އުފެއްދުންތަކާ ބެހޭ ގިނަ މައުލޫމާތުތަކެއް ދިނުން އެ ވޯކްޝޮޕްގައި ކުރިއަށް ގެންދިޔަ އެވެ. އެގޮތުން ދައްކައިލި އުފެއްދުންތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުނީ ލެޑް ސްކްރީންތަކަށް ޚާއްސަ، ނޯވާ ސްޓާ ކަލާ ކެލިބްރޭޝަން ސިސްޓަމަށެވެ. އެއީ ލެޑް ސްކްރީންތަކުގައި (ޙައްސަކޮށް އައުޓްޑޯ ސްރީންތަކުގައި) އެންމެ އާންމުކޮށް ގިނަދުވަސްވުމުން، ދިމާވާ ކުލަ ފަޑުވުމާއި، ނުވަތަ ކުލަތައް ދިމާނުވުމުން، ކުލަތައް އަލުން ކެލަބްރޭޓްކޮށް، އިތުރު ފުރިހަމަކަމެއް ގެނެސްދޭ ސިސްޓަމެކެވެ.

ޓެކް ވޭވްސް ޕްރައިވެޓް ލިމިޓެޑަކީ ލެޑް ޑިސްޕްލޭއާ ގުޅޭ ހިދުމަތްތައް ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ކުންފުންޏެކެވެ. ކަސްޓަމަރުން އިތުރުވަމުން އަންނަ ޑިމާންޑާ އެއްވަރަށް އެކުންފުނިން ހައްލުތައް ފޯރުކޮށްދޭނެއެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *