logo minivan

English

ބުދަ, 24 ޖުލައި 2024

އަމްރު ވަކިކޮށް އެސްޓީއޯގެ ހިންގުން ސީއެފްއޯ ނިޒާމާ ހަވާލުކޮށްފި

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަމުން ހުސައިން އަމްރު ވަކިކޮށް އެކުންފުނި ހިންގުން އެގްޒެކެޓިވް ޑިރެކްޓަރް އަދި ސީއެފްއޯ މުހައްމަދު ނިޒާމާ ހަވާލުކޮށްފި އެވެ.

އެސްޓީއޯގެ އެމްޑީކަމުން އަމްރު ވަކިކުރީ އޭނާ ވަކިކުރަން ރައީސް އޮފީހުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑް (ޕީސީބީ) އަށް އެންގިތާ މަދު ވަގުތުކޮޅެއްގެ ތެރޭގަ އެވެ. އޭނާ ވަކިކުރަން އެންގީ ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި ކުންފުނިތަކުގެ ހިންގުމަށް ސަރުކާރުން އަބަދުވެސް ބަދަލުތައް ގެންނަ އުސޫލުނުންނެވެ.

"ސަރުކާރުގެ ކުންފުނިތަކުގެ ހިންގުމަށް އަބަދުވެސް ބަދަލުތައް ގެނޭ. އެގޮތުން ގެންނަ ބަދަލެއް،" އަމްރު ވަކިކުރަން އެންގި އެންގުމާ ބެހޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު "މިނިވަން" އަށް ވިދާޅުވި އެވެ.

އަމްރު ވަކިކުރިކަން ހާމަކޮށް އެސްޓީއޯއިން މިއަދު ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓެއްގައި ބުނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރް އަދި ސީއީއޯ ހުސައިން އަމްރު މުހައްމަދު ރަޝާދު މިއަދުން ފެށިގެން މަގާމުން ވަކިކޮށްފައިވާ ކަމަށާއި އެކުންފުނީގެ ހިންގުން ވަގުތީ ގޮތުން ސީއެފްއޯ މުހައްމަދު ނިޒާމާ ހަވާލުކޮށްފައިވާ ކަަމަށެވެ.

"އޭނާގެ އަގުނުކުރެވޭ ވަރުގެ ހިދުމަތްތަކާއި އެހީތެރިކަމަށް މިކުންފުނިން ޝުކުުރުއަދާކުރަމެވެ. އަދި ކުރިއަށް އޮތް ތަނުގައި ކުރައްވާނެ މަސައްކަތްތަކުގައި ކާމިޔާބީއަށް އެމެވެ،" އެސްޓީއޯއިން ސޯޝަލް މީޑިއާ ފޭސްބުކްގައި ޖެހި ލިއުމުގައި ބުންޏެވެ.

އެސްޓީއޯގެ އެމްޑީކަމުންނާއި އެ ކުންފުނީގެ ބޯޑުގެ މެމްބަރު ކަމުން އަމްރު ވަކިކުރި އިރު އޭނާ ގެންދަވަނީ އެމްޑީޕީގައި އޮންނަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ދެކޮޅު، "ފިކުރެއްގެ ދިރުން" ފެކްޝަންގައި ވަރަށް އިސް ދައުރެއް އަދާކުރައްވަމުންނެވެ. އެ ފެކްޝަނުގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ އަދި އެމްޑީޕީގެ ވެސް ރައީސް މުހައްމަދު ނަޝީދުގެ މަންދޫބެއްގެ ގޮތުގައި އޭނާ ވަނީ ދާދި ފަހުން ޖުމްހޫރީ ޕާޓީގެ ލީޑަޝިޕާ ވެސް ބައްދަލުކުރައްވައިފަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *