logo minivan

English

ބުދަ, 24 ޖުލައި 2024

އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރަކަށް މޭޖާ ހުސައިން ރަޝީދު ހަމަޖައްސައިފި

އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރގެ މަޤާމަށް އިއްޔެ އާ ބޭފުޅަކު ހަމަޖައްސައިފި އެވެ.

އެމްއެންޑީއެފުން ބުނީ މޭޖަރް ޙުސައިން ރަޝީދު ހަމަޖައްސާފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން މިއަދު ކުރި ޓްވީޓެއްގައި ވާގޮތުން އިންފޮމޭޝަން އޮފިސަރުގެ މަގާމަށް މޭޖަރ ހުސައިން ރަޝީދު ހަމަޖައްސަވާފައިވަނީ ކުރިން އެމަގާމުގައި ހުންނެވި ކެޕްޓަން ހަނާ މުހައްމަދު ކޯހެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ހަމަޖެހުމާ ގުޅިގެންނެވެ.

އިންފޮމޭޝަން އޮފިސަރަކީ ސިފައިންގެއާއި ބެހޭ މައުލޫމާތު ރަސްމީކޮށް މީޑިއާތަކަށް ފޯރުކޮށްދޭ ފަރާތ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި ސިފައިންގެ މީހަކު އެމީހެއްގެ އަމިއްލަ ފަރުދީ ހައިސިއްޔަތުން އެއްވެސް މީޑިއާއަކަށް މަޢުލޫމާތު ދިނުމަކީ މަނާކަމެއް ކަމަށާއި އެފަދަ މަޢުލޫމާތު ދެވޭނީ އެކަމަށް ކަނޑައަޅާފައި ހުންނަ އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރަކަށް، ނުވަތަ އެކަމަށް އިންޓަރގްރޭޓެޑް ހެޑްކްއޯޓަރޒްއިން ހުއްދަ ދެއްވާފައިވާ ފަރާތަކަށް ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *