logo minivan

English

އަންގާރަ, 23 ޖުލައި 2024

ޖާބިރު ގޮވައިލީ މަރުވާނާ ހުއްދަކުރަން، އަފީފު ވިދާޅުވީ އެވާހަކަ ދެއްކޭނެ ކަމަށް!

މަސްތުވާތަކެތީގެ ބާރުގަދަ ބާވަތްތައް ބޭނުންކުރުން ހުއްޓުވުމަށް ޓަކައި ރާއްޖޭގައި "މެޑިކަލް މަރުވާނާ ހުއްދަކުރަން ޖެހޭ" ކަމަށް ވިދާޅުވެ، ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ދައްކަވާ ވާހަކަ އަކީ ރައްޔިތުންގެ މަޖިލީހުގައި ދެއްކޭނެ ވާހަކައެއް ކަމަށް މަޖިލީހުގެ ރިޔާސަތުގައި މިއަދު އިންނެވި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ސިފަކުރައްްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސްކުރީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަސޭހައިން ފަރުވާ ލިބޭނެ ގޮތަކަށް ނިޒާމު ބަދަލުކުރަން ސަރުކާރަށް ގޮވާލައި ހެންވޭރު ހުޅަނގުނދާއިރާގެ މެމްބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ ގަރާރަކަށެވެ. މިއަދުގެ ޖަލްސާގައި ހަސަން ލަތީފު، އެ ގަރާރު މަޖިލީހުގެ ތަޅުމަށް ތައާރަފު ކޮށްދެއްވުމަށް ފަހު ބަހުސްގެ ފުރަތަމަ ފުރުސަތުގައި ޖާބިރު ވިދާޅުވީ "މެޑިކަލް މަރުވާނާ" އަކީ ދުނިޔޭގެ ތަހުޒީބު ގިނަ ގައުމުތަކެއްގައި ހުއްދަކޮށްފައިވާ ބާވަތެއް ކަމަށެވެ.

އަދި އެއީ ރާއްޖޭގައި ވެސް ހުއްދަކުރަން ޖެހޭ އެއްޗެއް ކަމަށް ވިދާޅުވެ ވާހަކަ ކުރިއަށް ގެންދަވަން ފެށްޓެވުމުން، ނިޒާމާ ބެހޭ މައްސަލައެއް ކަމަށް ވިދާޅުވެ، ހޯއްދެވި ފުރުސަތެއްގައި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވީ އެއީ އިސްލާމްދީނާ ހިލާފު ވާހަކަ އެއް ކަމަށެވެ.

މެމްބަރު ރާއީއަށް ޖަވާބު ދެއްވަމުން ރިޔާސަތުުން ހަސަން އަފީފު ވިދާޅުވީ އެއީ "ދީނާ ހިލާފު މައްސަލައެއް ނޫން" ކަމަށާއި އެ ވާހަކަ ދެއްކެން ވާނެ ކަމަށެވެ.

"އަޅުގަނޑުމެން މައްސަލައެއްގެ ވާހަކަ ދައްކާ އިރު އޭގައި ހުރި މައްސަލަތަކުގެ ވާހަކަ ދެއްކެން ޖެހޭނެ. އެއީ އެއްގޮތަކަށް ވެސް ދީނާ ހިލާފު މައްސަލައެއް ވެސް ނޫން، އަޅުގަނޑުމެން މި މައްސަލަތައް ދިރާސާކުރާ އިރު އަޅުގަނޑުމެންނަށް ކުރިމަތިވާ މައްސަލަތަކަށް އެބަ ޖެހޭ ވާހަކަ ދެކެވެން،" އަފީފު ވިދާޅުވި އެެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބުނާ ގޮތުން އެ މަޖިލީހުގައި ވެސް ދެއްކޭނީ އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާ ވާހަކަތަކެވެ. ޖާބިރުގެ ވާހަކަ ހުއްޓުވަން ބައެއް މެމްބަރުން އެދިވަޑައިގެންނެވީ އެހެންވެ ކަމަށް ބެލެވެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. Mee rayyithun edhey goiy. Faisaa fochchah vote vikkaa e godithakuga mi janavaarunthah beythibbee hama haremen rayyithun amillayah.

  2. Dhuniyeyge gaumu thakuga really boi uru mas ves kai eh jinsun kaiveni kurun ves hudha gabulu ga hashi vikkun ves hudha ziney kurun ves hudha jabirakee boigen abadhu ves hey dhebai ga hunna mee he meenaa ah thaaeedhu kuraane aani ge fahathu ga thibu enmen mihaaru sirrun viyya kuran jehe nee

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *