logo minivan

English

އަންގާރަ, 23 ޖުލައި 2024

މަކަރާ ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަނީ

މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

ފުލުހުންގެ މިއަދު ކޮށްފައިވާ އިއުލާނުގައި ބުނީ ހުޅުމާލެ ޕޮލިސްޓޭޝަނުން ތަހުގީގު ކުރަމުން ގެންދާ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން މީހަކު ހާޒީރު ކުރަން ބޭނުންވާކަމަށެވެ.

ހޯދުމަށް އިއުލާން ކޮށްފައި ވަނީ އަޙްމަދު އަޝްރަފް 21އ ޑޭޒީމާ/ ށ. ފޭނަދޫ އެވެ. ފުލުންވަނީ ބުނީ އަޝްރަފު ހީދުމަށް އިއުލާން ކޮށްފައިވަނީ ތަހުގީގައް އޭނާ ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގައް ހާޒިރުވުމަށް ޗިޓް ރައްދު ކުރެވިފައި ނުވާތީ އާއި،  އާއިލާއަށް ވެސް އޭނާއުޅޭ ވަކިތަނެއް އެނގިފައިނުވާތީ ކަމަށް ފުލުހުން ބުންޏެވެ.

ތަހުގީގުގައި ސުވާލު ކުރުމަށް އަހްމަދު އަޝްރަފް ހާޒިރުވާން އިއުލާން ކޮށްފައިވަނީ އަންނަ އާދިއްތަ ދުވަހު ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ޕޮލިސްޓޭޝަނަށެެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *