logo minivan

English

ބުރާސްފަތި, 25 ޖުލައި 2024
އީރާނާ ސައުދީގެ ގުޅުން އިޔާދަކޮށްފައިވަނީ މި މަހު

ރޯދަ މަސް ނިމުމުގެ ކުރިން އީރާނާއި ސައުދީގެ އިސްވެރިންގެ ބައްދަލުވުމެއް

މި ރޯދަ މަސް ނިމުމުގެ ކުރިން އީރާނާއި ސައުދީ އަރަބިއްޔާގެ އިސް ޑިޕްލޮމެޓުންގެ ބައްދަލުވުމެއް ބާއްވަން ދެގައުމުން އެއްބަސްވެއްޖެ އެވެ.

މެދުއިރުމަތީގެ ސަރަހައްދީ ވާދަވެރިން ކަމަށްވާ އީރާނާއި ސައުދީއާ ދެމެދު ސިޔާސީ ގުޅުން ކަނޑާލިތާ ހަތް އަހަރު ފަހުން އެ ގުޅުން އާކޮށްފައިވަނީ މި މަހު ކުރީކޮޅުއެވެ.

ގުޅުން އިޔާދަކުރުމުގެ މެދުވެރިއެއްގެ ރޯލު އަދާކުރީ ޗައިނާއިންނެވެ.

ސައުދީގެ ރަސްމީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ބުނީ އެގޮތަށް ނިންމީ އީރާނާއި ސައުދީގެ ހާރިޖީ ވަޒީރުން ކަމަށްވާ، ހުސައިން އާމިރު އަބްދުالله އާއި ޕްރިންސް ފައިސަލް ބިން ފަރްހާން އާ ދެމެދު ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ދެވަނަ ފަހަރަށް ފޯނުން ގުޅުއްވައިގެން ދެއްކެވި ވާހަކަތަކަށް ފަހު ކަމަށެވެ.

"މި ރަމަޟާން މަހު ދެ ވަޒީރުންގެ މެދުގައި ބައިލެޓަރަލް ބައްދަލުވުމެއް ބޭއްވުމަށް ވެސް ދެ ވަޒީރުން ނިންމެވި،" އެސްޕީއޭ އިން ބުންޏެވެ.

އެކަމަކު ބައްދަލުވުން އޮންނާނެ ތަނަކާއި އަދި ވަކި އިރެއް ހާމަކޮށްފައެއް ނުވެއެވެ.

ސައުދީ އޮފިޝަލުން ވިދާޅުވާ ގޮތުގައި އެ ބައްދަލުވުމަކީ މީގެ ހަތް އަހަރު ކުރިން ކެނޑިފައިވާ ގުޅުންތައް އިސްލާހު ކުރުމަށް އެޅޭ ފިޔަވަޅެކެވެ.

މި އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު، ދެ ގައުމުގެ އެމްބަސީތަކާއި މަގާމުތައް ދެމަސް ދުވަހުގެ ތެރޭގައި އަލުން އިއާދަކޮށް، މީގެ 20 އަހަރަށްވުރެ ގިނަ ދުވަސް ކުރިން ސޮއިކޮށްފައިވާ ސަލާމަތީ އަދި އިގްތިސާދީ އެއްބާރުލުން ދިނުމުގެ އެއްބަސްވުންތައް ތަންފީޒު ކުރާނެކަމަށް ބެލެވެއެވެ.

އީރާނުގެ އޮފިޝަލަކު މި މަހުގެ 19 ވަނަ ދުވަހު ވިދާޅުވެފައި ވަނީ އީރާނުގެ ރައީސް އިބްރާހިމް ރައީސީއަށް، ސައުދީ އަރަބިއްޔާއަށް ވަޑައިގަތުމަށް ދައުވަތެއް ސަލްމާން ރަސްގެފާނު ދެއްވާފައިވާ ކަމަށެވެ.

ސައުދީން އީރާންއާ ގުޅުން ކަނޑާލީ 2016 ވަނަ އަހަރު ޝިއާ މުސްލިމުންގެ ދީނީ އިލްމުވެރިއަަށް މަރުގެ އަދަބު ދިނުމާ ގުޅިގެން، އީރާނުގެ ތެހެރާންގައި ހުންނަ ސައުދީ އެމްބަސީއަށް ބަޔަކު ވަނދެ ހަމަނުޖެހުން ހިންގުމާއި ގުޅިގެންނެވެ.

2014 ވަނަ އަހަރު ސައޫދީގެ ތާއީދު އޮތް ސަރުކާރު ވައްޓާލަން މަޖުބޫރުކުރި ޝިއާ ހޫތީ ހަނގުރާމަވެރިންނަށް އީރާނުން ތާއީދުކޮށްފައިވާއިރު، ޖެހިގެން އައި އަހަރުން ފެށިގެން ސައުދީ އަރަބިއްޔާއިން ވަނީ ހޫތީންނާ ދެކޮޅަށް ވަރުގަދަ ވައިގެ ކެމްޕޭނެއް ހިންގަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *