logo minivan

English

ބުރާސްފަތި, 25 ޖުލައި 2024
ރަޝިޔާގެ ސަރަހައްދަށް މީގެ ކުރިން ވެއްޓުނު ޔޫކްރެއިންގެ ޑްރޯނެއް

ރަޝިޔާ މަތިން ޔޫކްރެއިންގެ ޑްރޯނެއް ވައްޓާލައިފި

ރަޝިއާގެ ވައިގެ ދިފާއީ ބާރުތަކުން ޔޫކްރެއިންގެ ޑްރޯނެއް ވައްޓާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އެ ޑްރޯން ވެއްޓުނީ ޔޫކްރެއިންގެ ބޯޑަރާ ގާތްގަނޑަކަށް 400 ކިލޯމީޓަރު (249 މޭލު) ދުރުގައި އޮންނަ ކިރެޔެވްސްކް އަވަށުގައެވެ.

ރަޝިއާގެ ރަސްމީ މީޑިއާއިން ބުނީ އެ ޑްރޯން ވައްޓާލުމުން ގޮވި ގޮވުމުގެ ސަބަބުން ތިން މީހަކު ޒަހަމްވި ކަމަށެވެ.

ރަޝިޔާގެ މަދަނީ ތަންތަނަށް ހަމަލާދިނުމަށް އެކްސްޕްލޯސިވް ޑްރޯން ބޭނުންކުރި ކަމަށް ދެކެވޭ ވާހަކަތައް ޔޫކްރެއިންއިން މީގެ ކުރިން ދޮގުކޮށްފައިވާއިރު، ފޮނުވާލި ޑްރޯންއާ ގުޅޭ ގޮތުން ޔޫކްރެއިންއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ޔޫކްރެއިންއާ ދެކޮޅަށް ރަޝިޔާއިން ވަނީ އެތައް ސަތޭކަ ޑްރޯންތަކެއް ވައިގެ ތެރެއަށް ފޮނުވާފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *