logo minivan

English

ބުރާސްފަތި, 25 ޖުލައި 2024
ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް، ކަރުދާސްތަކެއް ބައްލަވަނީ

ރައީސްގެ މޮޓޯކޭޑް ހުއްޓުވި މައްސަލާ ގައި ޑިފެންސާއި ފުލުހުން މަޖިލީހަށް ޖަވާބުދީފި

މިމަހުގެ 20 ވަނަ ދުވަހުގެ ރޭ އިދިކޮޅު ޕީޕީއެމުން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި ބައިވެރިވި ބަޔަކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ހުރަސްއަޅައި ހުއްޓުވި މައްސަލާގައި ފުލުހުންގެ އިދާރާއިންނާއި ޑިފެންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީއަށް) ޖަވާބު ދީފި އެވެ.

މަޖިލީހުގެ 241 ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވި ގޮތުގައި މޮޓޯކޭޑް ހުއްޓުވި ހާދިސާއާ ގުޅިގެން ކޮމިޓީން ސާފުކުރަން އެދުނު މައުލޫމާތު ހިމެނޭ ސިޓީއެއް ފޮނުވީ މިމަހުގެ 22 ވަނަ ދުވަހު އެވެ. ޑިފެންސް މިނިސްޓްރީން އެހެން ނަމަވެސް އެކޮމިޓީއަށް މައުލޫމާތު ފޮނުވީ އޭނާ ވިދާޅުވި ގޮތުގައި އިއްޔެގެ ވަގުތެއްގަ އެވެ.

ފުލުހުންގެ އިދާރާއިންނާއި ޑިފެންސް މިނިސްޓްރީން ފޮނުވި މައުލޫމާތުތައް 241 ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ރިވައިސް ކުރި އިރު އެ ބައްދަލުވުން ކުރިއަށް ގެންދިޔައީ ސިއްރުންނެވެ. އެއީ ޑިފެންސް މިނިސްޓްރީން އެ މައްސަލާގައި މަޖިލީހަށް ފޮނުވި ސިޓީގައި "ސިއްރު" ޖަހާފައި އޮތުމުންނެވެ. އެ ސިޓީގައި ސިއްރު ޖަހާފައި އޮތުމުން ކޮމިޓީ ބައްދަލުވުން ސިއްރުން ކުރިއަށް ގެންދަން ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އެވެ.

މޮޓޯކޭޑް ހުއްޓުވި މައްސަލާގައި 241 ކޮމިޓީއަށް ފުލުހުން ފޮނުވި މައުލޫމާތު ސިއްރުކުރަން އެދިފައި ނުވާ ކަމަށް އަސްލަމް މިއަދު ވިދާޅުވި އެެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *