logo minivan

English

އަންގާރަ, 23 ޖުލައި 2024

ރޯދަ އިނާޔަތް ނުލިބޭ ފަރާތްތަކުން ޝަކުވާ ހުށަހަޅަން އެދިއްޖެ

ގާނޫނުގައިވާ ގޮތުގެ މަތިން ރޯދަމަހުގެ ފެށުމުގެ ކުރިން ރޯދަމަހުގެ އިނާޔަތް ނުލިބޭ އެންމެހާ މުވައްޒިފުން އެކަމާ ޝަކުވާ ހުށައެޅުމަށް ލޭބަ ރިލޭޝަންސް އޮތޯރުޓީން އެދިއްޖެ އެވެ.

ލޭބާ ރިލޭޝަންސް އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނީ ވަޒީފާއާބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން، ވަޒީފާއަދާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަސް ފެށުނުގެ ކުރިން 3،000 ރުފިޔާ ދޭންވާނެ ކަމަށާއި ނަމަވެސް ވަޒީފާދޭ ބައެއް ފަރާތްތަކުން މުވައްޒަފުންނަށް ރަމަޟާން މަހުގެ އިނާޔަތް ނުދޭ ކަމަށާއި އިނާޔަތް ދިންކަމުގައިވިޔަސް، ގާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށް ދީފައިނުވާކަން މީގެ ކުރިންވެސް ވަނީ ފާހަގަކުރެވިފައިވާ ކަމަށެވެ. . ވަޒީފާ އަދާކުރާ މީހުންގެ ތެރެއިން ރޯދަ އިނާޔަތް ނުލިބި ހުރި އެއްވެސް ފަރާތެއް ވާނަމަ  އެއިދާރާގެ ޕޯޓަލް މެދުވެރިކޮށް މައްސަލަ ހުށައެޅުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީ އިން ބުނެފައިވެއެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައި ރޯދަ އިނާޔަތް ފުރަތަމަ ހިމެނި އިރު ބިދޭސީ މުވައްޒަފުންގެ ތެރެއިން މުސްލިމް މުވައްޒަފުންނަށް ވެސް އެ އިނާޔަތް ދޭން ޖެހެ އެވެ. އެހެން ނަމަވެސް އެ ގާނޫނަށް ފަހުން ބަދަލު ގެނެސް މިހާރު އޮންނަނީ ބިދޭސީ މުވައްޒިފުންނަށް އިނާޔަތް ދިނުން އިޚުތިޔާރީ ކަމެއްގެ ގޮތުގަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *