logo minivan

English

ހޮނިހިރު, 13 ޖުލައި 2024

ފަސް އޮފިސަރަކު ޗީފް ވޮރަންޓް އޮފިސަރުގެ ރޭންކަށް ބަދަލުކޮށްފި

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ޗީފް ވޮރަންޓް އޮފިސަރުގެ ރޭންކް  ފަސް އޮފިސަރަކަށް މުޅިން އަލަށް ދީފިއެވެ. 

އިއްޔެ ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށީގައި އޮތް ރަސްމިއްޔާތެއްގައި މުޅިން އަލަށް މި ރޭންކް ލިބުނު ފަރާތްތަކުގެ ތެރޭގައި އަންހެން އޮފިސަރަކު ވެސް ހިމެނެއެވެ. 

ސިފައިންގެ މަގާމުގެ ކުރިއެރުން ލިބުނު ފަސް އޮފިސަރުންނަށް ލިޔުން ހާވާލު ކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ. އަދި ރޭންކް ހަވާލު ކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އެވެ.

 

އެ ރަސްމިއްޔާތުގައި މިނިސްޓަރަ މާރިޔާ ވިދާޅުވީ، އެއީ 130 އަހަރަށް ވުރެ ގިނަ އަހަރުވެފައިވާ ސިފައިންގެ މުވައްސަސާގައި ފުރަތަމަ ފަހަރަށް ޗީފް ވޮރަންޓް އޮފިސަރގެ ރޭންކަށް މީހުން އައްޔަންކުރެއްވި ފުރަތަމަ ފަހަރު ކަމަށާއި އެފަސް އޮފިސަރުންގެ ދައުރު ސިފައިންގެ ތާރީހުގައި ލިޔެވިގެން ދާނެ ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *