logo minivan

English

ބުރާސްފަތި, 25 ޖުލައި 2024

އެމްޓީސީސީގެ ވޯކްއިން އިންޓަވިއުތަކެއް ނޮޅިވަރަމާއި ހަނިމާދޫގައި، މުސާރަ ރަނގަޅު ވަޒީފާތަކެއް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ  (އެމްޓީސީސީ) އިން އެކި ދާއިރާތަކުން މީހުން ހޯދަން ހދ. ނޮޅިވަރަމް އަދި ހދ. ހަނިމާދޫގައި ވޯކް-އިން އިންޓަވިއު އެއް ބާއްވަން ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ އެކިދާއިރާތަކުން މީހުން ހޯދަން ބާއްވާ ވޯކް-އިން އިންޓަވިއުތައް ކުރިއަށްދާނީ މާދަމާ މެނދުރުފަހު 15:00 ން ހަވީރު 17:00 އަށް ހދ. ނޮޅިވަރަމް ގައި އަދި 30 ވަނަދުވަހު މެނދުރުފަހު 15:00 އިން 17:00 އަށް ހދ. ހަނިމާދޫ ގައެވެ.  އިންޓަވިއުތަށް އޮންނާނީ އެ ދެ ރަށުގެގެ ކައުންސިލުގެ އިދާރާގަ އެވެ.

އެމްޓީސީސީ އިން ކުރި އިއުލާނުގައިވާ ގޮތުން އެ ދެ އިންޓަވިއުގައި މީހުން ނަގާ ވަޒީފާތަކަށް 10،000ރ އާއި 20،000ރ އާ ދެމެދުގެ މުސާރައެއް ލިބޭނެ އެވެ.

އަދި މުސާރައިގެ އިތުރުން މެޑިކަލް އިންޝްއަރަންސް، ކެރިއާ ޑިވެލޮފްމެންޓްގެ އިތުރުން ޓްރެއިނިންގ ދޭނެކަމަށްވެސް ވެސް އެ އިއުލާނުގައި ބުންޏެވެ.

އިންޓަވިއުއަށް ދާފަރާތްތަކުން ގެންދަންޖެހޭނީ އައިޑީ އެވެ. އަދި ޓަގު ލައިސަންސް އޮތް ފަރާތްތަކުން ލައިސަންސް ގެންދިއުމަށް އެދިފައިވެއެވެ.

އެމްޓީސީސީ އިން ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި އެކި ޕްރޮޖެކްޓްތައް ހިންގުން ވަނީ އިތުރުވެފައެވެ. އެހެން ކަމުން އެކިދާއިރާތަކުން ގާބިލި މީހުން އެންޓީސީސީއަށް ނެގުމަށް އެކުންފުނިން އަންނަނީ ވޯކް-އިން އިންޓަވިއުތައް ބާއްވަމުންނެ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *