logo minivan

English

ބުރާސްފަތި, 25 ޖުލައި 2024

އައްޑޫގައި އެމްބިއުލާންސް ދަށުވެ އެކްސިޑެންޑްވި ޒުވާނާގެ ހާލު ސީރިއަސް

އައްޑޫ ހިތަދޫގައި އިއްޔެ ސައިކަލާކާއި އެމްބިއުލާންސެއް ޖެހި ހިނގި ނުރައްކާތެރި  އެކްސިޑެންޓެއް ގައި އަނިޔާވި ޒުވާނާގެ ސިކުނޑި އަށް ލޭ އެޅިފައިވާ ކަމަށާއި އިތުރު ފަރުވާއަށްލެ ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.

އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ 18 އަހަރުގެ އެ ޒުވާނާ ފަރުވާ އަށް މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުން ދިޔަނަމަވެސް އަދި ނުފޮނުވޭކަމަށް ވެސް އެހޮސްޕިޓަލުން ބުނެފައިވެއެވެ. މައުލޫމާތު ލިބުން ގޮތުގައި އަނިޔާވި ޒުވާނާ ހޮސްޕިޓަލަށް ގެންދެވުނީ 20 މިނިޓް ފަހުންނެވެ.

އެކްސިޑެންޓް ހިނގީ، ސައިކަލް ދުއްވާފައި ދަނިކޮށް ފަހަތުން އައި އެމްބިއުލާންސަކުން ޖެހި ސައިކަލުގައި އިން ދެމީހުންގެ ތެރެއިން 18 އަހަރުގެ ޒުވާނާ އެމްބިއުލާންސްގެ ދަށުވެގެންނެވެ. އެ ހާދިސާގައި އެމްބިއުލާންސްއަށާއި ސައިކަލަށް ވެސް ބޮޑެތިގެއްލުންލިބިފައިވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *