logo minivan

English

ހޮނިހިރު, 13 ޖުލައި 2024

އެސްޓީއޯއިން އަމްރަށް ޝުކުރު އަދާކުރުުމުގައި ދެދުވަސް

ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަމާއި އެކުންފުނީގެ ސީއީއޯ ކަމުން ހުސައިން އަމްރު މުހައްމަދު ރަޝާދު ވަކިކުރުމުން. އެކުންފުންޏާއި އެކުންފުނީގެ ސަބްސިޑަޔަރީ ކުންފުނިތަކުން އޭނާއަށް ޝުކުރު އަދާކުރުން ދެ ދުވަހަށް ދެމިގެން ހިނގައްޖެ އެވެ.

އަމްރު މަގާމުން ވަކިކުރި ކަން އިއުލާނުކުރުމާއި އެކު އޭނާއަށް ޝުކުރު އަދާކުރުމުގެ ގޮތުން އެސްޓީއޯގެ ސޯޝަލް މީޑިއާ ހޭންޑުލް ތަކުން އާދީއްތަ ދުވަހު ފުރަތަމަ ޕޯސްޓްތަކެއް ޝާއިއުކުރި އެވެ. އެ ޕޯސްޓްތަކުގައި ބުނީ އެކުންފުންޏަށް އޭނާ ކޮށްދެއްވާފައި ވަނީ އަގު ނުުކުރެވޭ ވަރުގެ ހިދުމަތްތަކެއް ކަމަށާއި އެކަމަށް ޓަކައި ޝުކުރުއަދާކުރާ ކަމަށެވެ. އެސްޓީއޯގެ ސޯޝަލް މީޑިއާ ހޭންޑުލް ތަކުން ޝުކުރުގެ އެ މެސެޖްތައް ހިއްސާކުރީ އާދީއްތަ ދުވަހު ހަވީރު އެވެ.

ޖެހިގެން އަދި ދުވަހު (އިއްޔެ) އަމްރަށް ޝުކުރު އަދާކޮށް އެންމެ ފުރަތަމަ ޕޯސްޓެއް ޖެހީ އެސްޓީއޯގެ ސަބްސިޑަޔަރީ ކުންފުނި އެލައިޑް އިންޝުއަރެންސުންނެވެ. އިއްޔެ މެދުރު ފަހު 12:42 ގައި އެލައިޑްގެ ފޭސްބުކް ޕޭކުން ހިއްސާކުރި އެ ޕޯސްޓް، ވެސް އެސްޓީއޯގެ ފޭސްބުކް ޕޭޖުން އަނެއްކާ ހިއްސާކުރި އެވެ. މެންދުރު ފަހުން 3:00 އާ ގާތްވެފައި ވަނިކޮށް، އަމްރަށް ޝުކުރު އަދާކުރުމުގެ ޕޯސްޓެއް ހިއްސާކުރީ އެސްޓީއޯގެ ސަބްސިޑަޔަރީ ކުންފުނި މިފްކޯއިންނެވެ.

އަމްރަށް ޝުކުރު އަދާކުރުމުގެ ޕޯސްޓްތައް ސޯޝަލް މީޑިއާއަށް މިއަދު ދޫކޮށްލީ ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އާއި މޯލްޑިވްސް ސްޓޭޓް ޝިޕިން ލިމިޓެޑް (އެމްއެސްއެސް) އިންނެވެ.  އެ ދެޕޯސްޓްގެ ތެރެއިން ވެސް އަމްރަށް އެންމެ ބޮޑަށް ތައުރީފުކޮށްފައި އޮތީ އެމްއެސްއެސް އިންނެވެ. އަމްރުގެ ފޮޓޯއަކާ އެކު އެކުންފުނިން ސޯޝަލް މީޑިއާއަށް ދޫކޮށްލި، ނިސްބަތުން ދިގު ލިއުމުގައި ބުނި ގޮތުގައި އެކުންފުނި އުފެއްދުމުގެ ފަހަތުގައިވާ "މެއިން ވިޝަނަރީ" އަކީ އަމްރެވެ.

"…ދިވެހި ރާއްޖޭގެ ޝިޕިން އިންޑަސްޓްރީގެ ކުރީގެ ރަން ޒަމާނަށް އިއާދަކުރުމަށް ޓަކައި އޭނާ ގެންގުޅުއްވި ތަަސައްވުރާއި، އޭނާގެ ލާމަސީލު އިރުޝާދާއި، އުފެއްދުންތެރި އަދި ބަދަލުކުރުވަނިވި ލީޑަޝިޕް ސްޓައިލަކީ އަޅުގަނޑުމެންގެ [މިކުންފުނީގެ] ކުރިމަގު ބިނާކުރުުމުގައި މުހިއްމު ކަންތައްތަކެކެވެ. އެންމެ ތިން އަހަރުގެ ތެރޭގައި އަޅުގަނޑުމެން ވެފައި މިވަނީ ފައިދާވާ ކުންފުންޏަކަށެވެ،" އެމްއެސްއެސް އިން ސޯޝަލް މީޑިއާއަށް ދޫކޮށްލި ލިއުމުގައި ވެ އެވެ.

އެސްޓީއޯގައި އަދާކުރެއްވި މަގާމުތަކުން އަމްރު ވަކިކުރަން ސަރުކާރުން ޕީސީބީއަށް އެންގީ ރައީސް އޮފީހުން އާދީއްތަ ދުވަހު ބުނި ގޮތުގައި ސަރުކާރުގެ ކުންފުނިތަކުގެ ހިންގުމަށް ބަދަަލުތައް ގެންނަ އާއްމު އުސޫލުންނެވެ. އެހެން ނަމަވެސް އޭނާ ވަކިކުރީ ސިޔާސީ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެފައިވާތާ ދުވަސްތަކެއް ވީފަހުންނެވެ.

 

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *