logo minivan

English

އަންގާރަ, 23 ޖުލައި 2024

މަތިންދާބޯޓެއް ޖެއްސި ވަގުތު ފުރޮޅު ފަޅައިގެން ދިއުމުން ވީއައިއޭގެ ރަންވޭ ބަންދުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މަތިންދާބޯޓެއް ޖެއްސި ވަގުތު އެ ބޯޓުގެ ފުރޮޅު ފަޅައިގެން ދިއުމުން، ރަންވޭ ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ މަތިންދާބޯޓެއްގެ ޓަޔަރު ފަޅައިގެން ދިޔަ ހާދިސާއެއް ހިނގާފައިވާ ކަމަށާއި އެހެން ނަމަވެސް އެ މަތިންދާބޯޓްގެ ޕެސެންޖަރުންނާއި ކްރޫ ތިބީ ސަލާމަތުން ކަމަށެވެ. އެހާދިސާއާ ގުޅިގެން ރަންވޭ ބަންދުކޮށްފައިވާ ކަަމަށް ވެސް ބުންޏެވެ.

"އަޅުގަނޑުމެން މަސައްކަތްކުރަމުން މި އަންނަނީ އާއްމު އޮަޕަަރޭޝަންތައް އަލުން ފަށަން. ރަންވޭ ބަންދުކޮށްފައި ބާއްވަން ޖެހޭނެ ކަމަށް ބެލެވެނީ 17:00 އާ ހަމައަށް،" އެމްއޭސީއެލް އިން ސޯޝަލް މީޑިއާގައި އާއްމުކުރި ކުރު ބަޔާނެއްގައި ބުންޏެވެ.

އެނގިފައިވާ ގޮތުގައި ވީއައިއޭއަށް ޖެއްސި ވަގުތު ފުރޮޅު ފަޅައިގެން ދިޔައީ ޔޫއޭއީގެ އެއާލައިނެއް ކަމަށްވާ ފްލައި ދުބާއީގެ މަތިންދާބޯޓެއްގެ އެވެ. އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ. އެކަމާ ބެހޭ ތަފްސީލުތަކެއް އަދި ނުލިބެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *