logo minivan

English

އަންގާރަ, 16 ޖުލައި 2024

ހެންވޭރުގައި ހުރި އޮފީހެއް ފަޅާލައި 7 ލައްކައަށް ވުރެން ގިނަ ރުފިޔާ ވަގަށް ނަގި މީހަކު ހައްޔަރުކޮށްފި

މާލޭ ހެންވޭރު ގެއެއްގެ ފުރަތަމަ ފަންގިފިލާގަ ހުރި އޮފީހެއް ފަޅާލައި 7 ލައްކަ އަށްވުރެން ގިނަ ރުފިޔާ ވަގަށް ނެގި މައްސަލަ އެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ، ހެންވޭރު ގެ އެއްގެ ފުރަތަމަ ފަންގިފިލާގައި ހުރި އޮފީހެއް ފަޅާލައި 7 ލައްކައަށްވުރެ ގިނަ އަދަދެއްގެ ރުފިޔާ ވަގަށް ނަގާފައިވާ މައްސަލަ މިމަހުގެ 23 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެމައްސަލައިގެ ތުހުމަތުގައި މާލެއިން 43 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައެވެ. އަދި އޭނާ ހައްޔަރު ކުރުމަށް ފަހު ވަނީ، އޭނާ ދިރިއުޅުނު ތަންތަން ބަލައި ފާސްކޮށް، 5 ލައްކައަށްވުރެ ގިނަ އަދަދެއްގެ ރުފިޔާ ހޯދިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، މިމައްސަލަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *