logo minivan

English

ބުދަ, 24 ޖުލައި 2024

ހުޅުމާލޭގައި ހޮޅުއަށި މައިޒާނެއް ހުޅުވައިފި

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ހޮޅުއަށި މައިޒާނެއް ހުޅުވައިފި އެވެ.

އެޗްޑީސީ އިން އިއްޔެ ކުރި ޓްވީޓެއްގައި ބުނީ އެއީ ކުޅިވަރާއި، ސަގާފަތާއި އެކުވެރިކަން ކުރިއެރުވުމަށް ފަރުމާކޮށްފައިވާ ކޮމިއުނިޓީ ޑްރައިވް ޕޮކެޓް ޕާކެއް ކަމަށެވެ. އަދި އެ ޕާކު ހުޅުވާދެއްވީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު އެވެ.

އެ ޕާކުގެ މައިގަނޑު މަގްސަދަކީ ފާރުތަކުގައި ކުރެހުންތައް މެދުވެރިކޮށް އަޅުގަނޑުމެންގެ ސަގާފަތް ތަމްސީލުކޮށްދިނުމާއި މުޖްތަމައު މިކަމަށް ހޭލުންތެރިކުރުން ކަމަށް އެޗްޑީސީ އިން ބުންޏެވެ.

އެޗްޑީސީ އިން ބުނީ އެ ޕާކް ގެ ސަބަބުން އެންމެންނަށް ވެސް އުފާވެރިކަން ލިބިގެންދާނެ ކަމަށް އުންމީދު ކުރާކަމަށާއި އެ މަޝްރޫއު ކާމިޔާބު ކުރުމަށްޓަކައި 704 ކޮމިއުނިޓީން ދެއްވި އަގުހުރި އެއްބާރުލުމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *