ދުޅަހެޔޮ ކާނާ ކެއުމުގެ ޕްލޭނެއް އެކުލަވާލާއިރު، އެކި މީހުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކެއް ހުރެއެވެ. އޭގެ ތެރޭގައި ރަނގަޅު އިހުސާސެއް ކުރަން ބޭނުންވުމާއި، ބަރުދަން ލުއިކުރުމާއި، ދުޅަހެޔޮ ސިއްހަތެއްގައި ދިގު އުމުރެއް ހޭދަކުރުން ފަދަ ކަންކަން ހިމެނެ އެވެ. ދިގު އުމުރަކީ ތިބާގެ އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނަމަ، ތިބާގެ އެދުން ހާސިލް ކުރުމަށް އެހީތެރިވެދޭނެ އެންމެ ރަނގަޅު ކެއުމުގެ ޕްލޭނަކީ ކޮބައިތޯ ސުވާލު އުފެދިދާނެ އެވެ.
އުފާވެރި ހަބަރަކީ، ދިރާސާވެރިންގެ ގްރޫޕަކުން މި ސުވާލަށް ޖަވާބު ދިނުމަށް މަސައްކަތް ކޮށްފައިވާ ކަމެވެ. އެ ގްރޫޕްގެ ދިރާސާގައި ބެލީ ސިއްހަތަށް ފައިދާ ހުރި ކެއުމުގެ އުސޫލުތަކުގެ ތެރެއިން ހަތަރު އުސޫލެކެވެ. އެއީއަލްޓަނޭޓް މެޑިޓެރޭނިއަން ޑައިޓާއި، ޑައިޓޭރިއަން ގައިޑްލައިންސް ފޯ އެމެރިކަންސް (މައިޕްލޭޓް) އާއި، ހެލްތްފުލް ޕްލާންޓް-ބޭސްޑް ޑައިޓް އިންޑެކްސް އަދި އަލްޓަނޭޓް ހެލްދީ އީޓިން އިންޑެކްސް އެވެ. އަލްޓަނޭޓް ހެލްދީ އީޓިން އިންޑެކްސް އަށް "ހާވާޑް ޑައިޓް" ވެސް ކިޔަ އެވެ.
ހެލްތު ލައިން ޑޮޓްކޮމްގައި އެ ދިރާސާއާ ބެހޭ ގޮތުން ޝާއިއުކުރި ލިއުމެއްގައިވާ ގޮތުން އެ ދިރާސާވެރިންނަށް 36 އަހަރުގެ ވަންދެން ކުރި ދިރާސާއިން އެނގުނީ މި ހަތަރު އުސޫލަށް އަމަލުކުރި މީހުން ވެސް، މަރުވާ ވަރަށް ސިއްހަތު ގޯސްވުމުގެ ފުރުސަތު 20 ޕަސެންޓުން ދަށްވެފައިވާ ކަމެވެ. އަދި ކެންސަރާއި ނޭވާލާ ނިޒާމުގެ ބަލިތަކާއި ކާޑިއޯ ހިތުގެ ބަލިތައް ޖެހޭ ނިސްބަތް ވެސް އެމީހުންގެ މެދުގައި ދަށްކަން އެ ދިރާސާއިން އެނގުނެވެ. އެ ދިރާސާއިން ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް އިތުރަށް ފުރިހަމަ ކުރީ "ހާވާޑް ޑައިޓް"ގެ ނަން ދީފައިވާ އުސޫލެވެ.
ހާވަރޑް ޑައިޓަކީ ކޮބާ؟
ޔުނިވާސިޓީ އޮފް ނެވާޑާ، ލާސް ވެގަސްގެ ޑިޑަކްޓިކް ޕްރޮގްރާމް އިން ނިއުޓްރިޝަން އެންޑް ޑައިޓެޓިކްސްގެ ޕްރޮގްރާމް ޑިރެކްޓަރު ސަމަންތާ ކޫގަން ހެލްތުލައިން ޑޮޓްކޮމް އަށް ވިދާޅުވެފައިވާ ގޮތުގައި ހާވާޑް ޑައިޓް ނުވަތަ ހެލްތީ އީޓިން ޕްލޭނަކީ 2011 ވަނަ އަހަރުގެ ޖޫން މަހު ޔޫއެސްޑީއޭ އިން އުފެއްދި "މައިޕްލޭޓް" އާއި ގާތްގަނޑަކަށް އެއްގޮތް ޑައިޓެކެވެ. އެހެންނަމަވެސް ހާވާޑް ޑައިޓްގައި މުހިންމު ދެތިން ތަފާތެއް ހުންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދެ ޑައިޓުގައި ވެސް ކޮންމެ ކެއުމެއްގެ ދެބައިކުޅަ އެއްބައިގައި ތަރުކާރީ އާއި މޭވާ، 1/4 ހޯލް ގްރެއިންސް އަދި 1/4 ޕްރޮޓީންސް އެކުލެވިގެންވާ ގޮތަށް ކެއުމަށް އިރުޝާދު ދޭ." ކޫގަން ވިދާޅުވެފައި ވެ އެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި ހާވާޑް ޑައިޓްގެ ތަފާތަކީ މައިޕްލޭޓް އަށްވުރެ އެ ޑައިޓްގައި ތަރުކާރީއާާއި މޭވާގެ ނިސްބަތް ގިނަވުމެވެ. މުހިއްމު ތަފާތަކީ ދެ ޑައިޓުގައި ފެޓް އަދި ކިރާއި ކިރުން އުފައްދާ ބާވަތްތައް ބޭނުންކުރަން ލަފާދޭ މިންވަރެވެ. މައިޕްލޭޓް ޑައިޓްފައި ކޮންމެ ކެއުމަކާއެކު ކިރު، ނުވަތަ ކިރުގެ އުފެއްދުންތައް ބޭނުންކުރަން ލަފާދިން ނަމަވެސް ހާވާޑް ޑައިޓުން ލަފާދީފައިވަނީ އޭގެ ބަދަލުގައި ފެން، ކޮފީ ނުވަތަ ސައި ފަދަ ބުއިންތައް ބޭނުންކުރުމަށެވެ.
ކޫގަން ވިދާޅުވެފައިވާ ގޮތުގައި އެ ޕްލޭންތަކުގެ އަނެއް މުހިންމު ތަފާތަކީ ހާވާރޑް ޑައިޓުން ލަފާދެނީ އާދައިގެ މިންވަރަކަށް ސިއްހަތަށް ފައިދާހުރި ފެޓްސް ބޭނުންކުރަން ލަފާދީފައިވާ ކަމެވެ. އެއީ ޒައިތޫނި، ކެނޯލާ، ސޯޔާ، ބަދަން، ޒުވާރި، އަދި ސަންފްލާވާ ތެޔޮ ފަދަ ބާވަތްތަކުން ލިބޭ ފެޓެވެ. "ޓްރާންސް ފެޓްސް" އާ ދުރުހެލިވާން އެ ޑައިޓް ޕްލޭންގައި ލަފާ ދެ އެވެ.
ހާވަރޑް ޑައިޓްގެ ފައިދާތަކަކީ ކޮބާ؟
ދަ އޮހައިއޯ ސްޓޭޓް ޔުނިވާސިޓީ ވެކްސްނާ މެޑިކަލް ސެންޓަރުގެ ރަޖިސްޓާޑް ޑައިޓީޝަނެއް ކަމަށްވާ އެންޓޮނެޓް ހާޑީ ހެލްތުލައިން ޑޮޓްކޮމް އަސް ވިދާޅުވެފައިވާ ގޮތުގައި ހާވާޑް ޑައިޓްގެ ގިނަ ގުނަ ފައިދާތައް އެބަހުއްޓެވެ.
"ބައެއް ފައިދާތަކުގެ ތެރޭގައި ހިތުގެ ބަލިއި، ޓައިޕް ޓޫ ޑަޔަބިޓިސް، ކޮލެސްޓްރޯލް މަތިވުން، އަދި ހައިޕަރޓެންޝަން ޖެހުމުގެ ނުރައްކާ ކުޑަވުން ހިމެނޭ. ބަރުދަން ލުއިކުރުމަކީ ވެސް މި ޑައިޓްގެ އިތުރު ފައިދާއެއް." ހާޑީ ވިދާޅުވެފައި ވެ އެވެ
އޭނާ ވިދާޅުވެފައިވާ ގޮތުގައި އެ ފައިދާތައް ލިބެނީ އެ ގޮތަށް ކެއުމުގައި އަވަހަށް ހަޖަމް ނުވާ ކާނާ އާއި ސެޗުރޭޓެޑް ފެޓްސް މަދުވީމަ އެވެ. އެ ދެ ބާވަތަކީ ބުނެވި ދިޔަ ބަލިތައް ޖެހުމުގެ ނުރައްކާ އިތުރުކުރާ ދެބާވަތެވެ.