logo minivan

English

ބުދަ, 24 ޖުލައި 2024
ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ ބައްދަލުވުމެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ

މޮޓޯކޭޑް ހުއްޓުވި މައްސަލައާ ގުޅޭ ހުރިހާ ބައްދަލުވުމެއް ސިއްރުކުރަން 241 ކޮމިޓީން ނިންމައިފި

އިދިކޮޅު ޕީޕީއެމުން މާލޭގައި ކުރި މުޒާހަރާއެއްގައި ބައިވެރިވި ބަޔަކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ހުރަސް އަޅައި ހުއްޓުވި މައްސަލަ ބަލަން ބާއްވާ، ހުރިހާ ބައްދަލުވުންތަކެއް ސިއްރުކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ(241 ކޮމިޓީ) އިން މިއަދު ނިންމައިފި އެވެ.

މޮޓޯކޭޑް ހުއްޓުވުމުގެ ސަބަބުން ރައީސްގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބަލަން 241 ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމަށް ފުރަތަމަ ވަޑައިގެންނެވީ ފުލުހުންގެ އިސްވެރިންނެވެ. ފުލުހުންގެ ފަރާތުން އެ ބައްދަލުވުމަށް ވަޑައިގެންނެވީ ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު، އެސިސްޓެންޓް ކަމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ، އެިސްޓެންޓް ކަމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު، އެސިސްޓެންޓް ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު މުސްލިމް އަދި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް ހަނީފެވެ.

މިއަދުގެ ބައްދަލުވުން ފެށްޓެވުމަށް ފަހު ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ މައްސަލައިގެ ބާވަތުން، ކުރިން ބޭއްވި ބައްދަލުވުންތައް ވެސް ސިއްރުކޮށްފައިވާ ކަމަށެވެ.

"އެހެންވީމާ މުޅި މިމައްސަލަ ކުރިއަށް ދާއިރު އެހެން ސެޝަންތައް ވެސް ސިއްރުކުރެވޭ ގޮތަށް އޮތުން އަޅުގަނޑަށް ހީވަނީ [މުހިއްމުހެން]،" އަސްލަމް ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅޭ ހުރިހާ ބައްދަލުވުންތަކެއް ސިއްރުކުރަން ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ އެވެ. އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. ކޮމިޓީ ސިއްރުކުރަން ނިންމީ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ރައީސްގެ މޮޓޯކޭޑް ހުއްޓުވި ހާދިސާގައި ކަން ހިނގި ގޮތް ބަލަން 241 ކޮމިޓީން މިއަދު ބާއްވާ ބައްދަލުވުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ އިސް ބޭފުޅުން ވެސް މިއަދު ވަޑައިގަންނަވާނެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *