logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. ފޮޓޯ:މަޖިލީހުގެ އިދާރާ

ދަރަނި ރީސްޓްރަކްޗާ ކުރަންޖެހޭ ހާލަތަކަށް ރާއްޖެ ނުދާނެ: އަމީރު

ދަރަންޏަށް ނަގާފައިވާ ފައިސާ ދައްކާނެ ފަސޭހަ އުސޫލެއް، ދަރަންޏަށް ފައިސާ ދޫކުރި ފަރާތްތަކާ ވާހަކަ ދައްކައިގެން ހަމަޖައްސަން ޖެހޭ (ދަރަނި ރީސްޓްރަކްޗާ ކުރަން ޖެހޭ) ހާލަތަކަށް ރާއްޖެ ނުދާނެ ކަމުގެ ޔަގީންކަން ސަރުކާރުން އަނެއްކާ ވެސް ދީފި އެވެ.

ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެ، ދަރަނި އަނބުރާ ދައްކަން އުނދަގޫ ވެފައިވާ ކަމަށާއި ދަރަނި ރިސްޓްރަކްޗާ ކުރަން ޖެހޭ ކަމަށް ރައްްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ އެހެން ގައުމުތަކުން ވެސް ދަރަނި ރިސްޓްރަކްޗާ ކުރަނީ އެކަން އެގޮތަށް ކުރަން ޖެހޭ ހާލަތަށް ދިއުމުން ކަމަށެވެ.

"އެއީ މިސާލަކަށް ސްރީލަންކާއަށް ބެލިކަމުގައި ވިޔަސް އެހެނިގެން ގައުމުތަކަށް ބެލިޔަސް، އިގުތިސާދު އެއްކޮށް ފުނޑި ޑިފޯލްޓްވާނެ ހާލަތަކަށް ދިޔައިމާ ރީސްޓްރަކްޗާ ކުރަނީ. އަޅުގަނޑުމެން އެހާލަތަކަށް ނުދާނެ. ރާއްޖޭގައި އަޅުގަނޑުމެން ނެގި ފިޔަަވަޅުތަކުން، އަަޅުގަނޑުމެންނަށް ޔަގީންކަން ހަމަ އެބަ އޮތް އަޅުގަނޑުމެންނަަށް ޑެޓް ސާވިސްކުރަމުން، ދަރަނި އަދާކުރަމުން ދެވޭނެކަމުގެ ޔަގީންކަން އެބަ އޮތް،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިއަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓްގައި، ދަރަނި އަދާކުރަމުން ގެންދާނެ ގޮތުގެ ޕްލޭން އެބަ އޮތެވެ. ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އެ ޕްލޭނާ އެއްގޮތަށް ކަމަށް ެވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އޭގެ [ދަރަނި އަދާކުރަން އުނދަގޫ ހާލަތެއް އައުމުގެ] އެއްވެސް ބިރުވެރިކަމެއް ނެތް،" އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވި ގޮތުގައި ދަަރަނީގެ ކަންތައްތައް ހަމަޖައްސާނީ ބައިނަލް އަގުވާމީ މާލީ ބާޒާރުން ގަބޫލުކުރާނެ ގޮތަކަށް ކަމަށް މީގެ ކުރިން 2021 ވަނަ އަހަރު ވެސް ސަރުކާރުން ބުނެފައިވާނެ ކަމަށެެވެ. ލަޔަބިލިޓީ މެނޭޖްމަންޓް އެކްސަސައިޒެއްގެ ގޮތުގައި އެ މަސައްކަތް ކޮށްފައި ވާނެ ކަމަށާއި އެކަމުން ވަރަށް ބޮޑު ފައިދާއެއް ކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *