logo minivan

English

ބުރާސްފަތި, 25 ޖުލައި 2024
އެމްޑީޕީގެ ކޮންގްރެސްގައި ޝިފާޒް ނަޝީދު އަރިހުގައި.

ރައީސް އޮފީހުގެ މިނިސްޓަރުކަމުން ޝިފާޒް ވަކިކޮށްފި

ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް މިއަދު ވަކިކޮށްފި އެވެ.

ޝިފާޒް މަގާމުން ވަކިކުރިކަން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު "މިނިވަން" އަށް ކަށަވަރުކޮށްދެއްވި އެވެ.  އެހެން ނަަމެވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ރައީސް އޮފީހުގެ މިނިސްޓަރުކަމުން ޝިފާޒް ވަކިކޮށްފައި މިވަނީ، އެނގިފައިވާ ގޮތުގައި އޭނާ އޮފީހަށް ވަޑައިނުގެން އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ދުވަސްވަރު، އެ އެ އިންތިހާބުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުންގެ މެދުގައި ޕާޓީގެ މެމްބަރުން ބެހިގެން ދިޔަ އިރު، ޝިފާޒް އެރުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފަޅި އަށެވެ. އެހެން ނަަމަވެސް އޭނާ ރައީސް އޮފީހަށް ގަވައިދުން ވަޑައިނުގަންވަން ފެށީ އޭގެ ވެސް މާކުރިން ކަން ސަރުކާރުގެ އޮފިޝަލަކު މި ނޫހަށް ކަށަވަރުކޮށްދެއްވި އެވެ.

އޮފީހަށް ވަޑައި ނުގެންނެވުމުގެ އިތުރުން، ސަރުކާރުން ބާއްވާ އެކިއެކި ރަސްމިއްޔާތުތަކަށް ވެސް ޝިފާޒް ވަޑައިނުގަންނަވާތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *