logo minivan

English

އަންގާރަ, 23 ޖުލައި 2024

ޝިފާޒް ވަކިކުރުމަށް ފަހު ރައީސް އޮފީހުގެ މިނިސްޓަރުކަން އިބުރޭއަށް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު ކަމުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވަކިކުރުމަށް ފަހު އެ މަގާމަށް އިބްރާހީމް ވަހީދު(މަދަނަ އިބުރޭ)، އައްޔަންކޮށްފި އެވެ.

އިބްރާހީމް ވަހީދު މިނިސްޓަރުކަމަށް އައްޔަންކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

އިބްރާހިމް ވަހީދަކީ، 2009 އިން 2012 އަށް ސަރުކާރުގެ އިސްމަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. އެގޮތުން، މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތް އެންޑް ފެމިލީގެ މަގާމާއި، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ޗެއާމަންކަމުގެ މަގާމުގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރގެ މަގާމާއި، އެކުންފުނީގެ ބޯޑު މެމްބަރުކަމުގެ މަގާމުވެސް އޭނާ ފުރުއްވާފައިވެއެވެ. މީގެ އިތުރުން 2007 އިން 2018އަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ކޮމްޕެނީ ސެކްރެޓަރީގެ މަގާމުވެސް އިބްރާހީމް ވަހީދު ވަނީ ފުރުއްވާފައިވެއެވެ.

މިމަގާމަށް އިބްރަހީމް ވަހީދު މިއަދު އައްޔަނު ކުރެއްވީ، ކުރިން އެމަގާމުގައި ހުންނެވި އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު، މިއަދު މިނިސްޓަރު ކަމުން ވަކިކުރައްވާފައިވާތީއެވެ. 

ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް ޝިފާޒު ހަމަޖެއްސެވީ ނޮވެމްބަރު 22، 2018 ގަ އެވެ.

ރައީސް އޮފީހުގެ މިނިސްޓަރުކަމުން ޝިފާޒް ވަކިކޮށްފައި މިވަނީ، އެނގިފައިވާ ގޮތުގައި އޭނާ އޮފީހަށް ވަޑައިނުގެން އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ދުވަސްވަރު، އެ އެ އިންތިހާބުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުންގެ މެދުގައި ޕާޓީގެ މެމްބަރުން ބެހިގެން ދިޔަ އިރު، ޝިފާޒް އެރުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފަޅި އަށެވެ. އެހެން ނަަމަވެސް އޭނާ ރައީސް އޮފީހަށް ގަވައިދުން ވަޑައިނުގަންވަން ފެށީ އޭގެ ވެސް މާކުރިން ކަން ސަރުކާރުގެ އޮފިޝަލަކު މި ނޫހަށް ކަށަވަރުކޮށްދެއްވި އެވެ.

އޮފީހަށް ވަޑައި ނުގެންނެވުމުގެ އިތުރުން، ސަރުކާރުން ބާއްވާ އެކިއެކި ރަސްމިއްޔާތުތަކަށް ވެސް ޝިފާޒް ވަޑައިނުގަންނަވާތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *