logo minivan

English

ބުދަ, 24 ޖުލައި 2024

ޖޭޕީގެ ރިޔާސީ ޓިކެޓަށް ކުރިމަތިލުމުގެ ވަގުތު ހަމަވާ އިރު އެެކަކު ވެސް ކުރިމަތިނުލާ

ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް ދޭނެ ފަރާތެއް ކަނޑައަޅަން ބާއްވާ ޕްރައިމަރީއަށް ކުރިމަތިލާން އެޕާޓީން ހުޅުވައިލި ފުރުސަތު މާދަމާ މެންދުރު 12:00 އަށް ހަމަވާ އިރު، އެކަމަށް އަދި އެއްވެސް ބޭފުޅަކު ކުރިމަތި ނުލައްވާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

ޖުމްހޫރީ ޕާޓީން މިއަހަރުގެ ރިޔާސީ އިންތިހާބަށް ވަކިން ނުކުންނަން ގޮވާލައި އެޕާޓީގެ ގައުމީ ކޮންފަރެންސުން ފާސްކުރި ގަރާރާ މެދު އެޕާޓީގެ ކައުންސިލުން ފުރަތަމަ ގޮތް ނިންމި އިރު އެ އިޚުތިޔާރު ދިނީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށެވެ. އެ ފަހަރު ފާސްކުރީ ޖޭޕީ ރިޔާސީ އިންތިހާބަށް ވަކިން ނުކުންނަން ނުވަތަ ނުނިކުންނަން ނިންމުމުގެ ބާރާއި ކުރިމަތިލައްވާ ނަަމަ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ނުހުންނަވަން ގާސިމަށް އިޚުތިޔާރު ދޭށެވެ. އެކަމާ މެދު ނިންމަވާ ގޮތެއް އެހެން ނަމަވެސް ޕާޓީގެ ކައުންސިލަށް ގާސިމް ހުށަހަޅުއްވަން ޖެހޭ ގޮތަށެވެ.

އެހެން ނަމަވެސް ރިޔާސީ އިންތިހާބުގައި ޖޭޕީން ވަކިން ވާދަކުރަން އެޕާޓީގެ ކައުންސިިލުން ފަހުން ނިންމުމަށް ފަހު ރިޔާސީ ޓިކެޓަށް ވާދަކުރަން މިމަހުގެ 16 ވަނަ ދުވަހު ހުޅުވައިލި އެވެ. ޕްރައިމަރީގައި ވާދަކުރަން ހުޅުވައިލި އިރު ދިން މުހުލަތު ހަމަވާނީ މާދަމާ އެވެ. ބެލެވޭ ގޮތުގައި ޖޭޕީން ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ނުކުންނަވާނީ އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ.

 

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *