logo minivan

English

ބުރާސްފަތި, 25 ޖުލައި 2024
ޓައިވާނުގެ ރައީސް ސައި؛ އެމެރިކާގެ ހައުސް ސްޕީކާއާ ބައްދަލުކުރައްވާނެ ކަމަށް ރިޕޯޓްތައް ބުނޭ

ޓައިވާނުގެ ރައީސް އެމެރިކާގެ ހައުސް ސްޕީކާއާ ބައްދަލުކޮށްފިނަމަ ބަދަލު ހިފާނަން: ޗައިނާ

ޓައިވާނުގެ ރައީސް ސައި އިންގް-ވެންއާ އެމެރިކާގެ ހައުސް ސްޕީކާ ނުވަތަ ގާނޫނު ހަދާ މަޖިލީހުގެ ކެވިން މެކް ކާތީއާ ބައްދަލުކުރައްވައިފިނަމަ އެކަމަށް ރައްދު ދޭނެ ކަމުގެ އިންޒާރު ޗައިނާއިން ދީފިއެވެ.

ރަސްމީ ދަތުރުފުޅެއްގައި މިއަދު، ޗައިނާގެ ރައީސް މެދުތެރޭ އެމެރިކާގެ ގުއަޓެމާލާ އާއި ބެލީޒަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. އެ ދަތުރުފުޅުގައި އެމެރިކާގައި ސައި ޓްރާންސިޓް ކުރައްވާނެ ކަމަށް ބެލެވެއެވެ.

ރަސްމީކޮށް ހާމަކޮށްފައި ނުވި ކަމަށް ވިޔަސް ސައި ގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ކެލިފޯނިއާގައި ހުންނަ އެމެރިކާގެ ހައުސްގެ ރައީސް މެކާތީއަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޗައިނާގެ ޓައިވާން ރިލޭޝަންސް އޮފީހުގެ ތަރުޖަމާނު ޒޫ ފެންގްލިއަން ބެއިޖިންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ސައި، މެކާތީއާ ގުޅުއްވާނަމަ އެއީ "ވަން-ޗައިނާ" އުސޫލާ ހިލާފުވުން ކަމަށެވެ. އަދި ޗައިނާގެ އިސްތިގުލާލާއި ސަރަހައްދީ އެއްބައިވަންތަކަމަށް އޮތް ނުރައްކަލެއްގެ އިތުރުން ޓައިވާން ކަނޑުއޮޅިގެ ސުލްހަ މަސަލަސްކަމަށް އޮތް ނުރައްކަލެއް ކަމަށެވެ.

އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.

ޓައިވާނުގެ ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކާއި އެގައުމުގެ ޑިމޮކްރެޓިކް އުސޫލުން އިންތިހާބުކޮށްފައިވާ ސަރުކާރުން ޗައިނާގެ ބާރުވެރިކަމާ ދެކޮޅު ހަދައެވެ.

ޓައިވާނަކީ ގައުމެއްގެ ގޮތުގައި އެމެރިކާއިން ބަލައިނުގަތް ނަމަވެސް، ޗައިނާއިން އަސްކަރީ ބާރުގެ ބޭނުން ކުރުމާއި ޑިޕްލޮމެޓިކް ޕްރެޝަރު ބޮޑުވަމުންދާތީ އެކަން ނާކާމިޔާބު ކުރުމަށް ޓައިވާނުން ކުރާ މަސައްކަތަށް އެމެރިކާއިން ވަނީ ވަރަށް ބޮޑަށް ތާއީދުކޮށްފައެވެ.

އެމެރިކާގެ އިސް އޮފިޝަލަކު ބުދަ ދުވަހުގެ ވިދާޅުވީ ޓައިވާނުގެ ރައީސް ސައި އެމެރިކާއަށް ކުރެއްވާ ދަތުރުފުޅަށް ޗައިނާއިން "އޯވަ ރިއެކްޓް" ކޮށްގެން ނުވާނެ ކަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *