logo minivan

English

ބުރާސްފަތި, 25 ޖުލައި 2024
އެންސީބީން ބޯޓު ފާސްކޮށްފައިވަނީ ލިބުނު މައުލޫމާތަކާއި ގުޅިގެން

ރާއްޖެއަށް ދަތުރުކުރި ބޯޓެއްގައި ޑްރަގު ހުރި ކަމަށް ޝައްކުވެގެން ބަލާ ފާސްކޮށްފި

ރާއްޖެއަށް ކާބޯތަކެތި އެތެރެކުރާ ކޮންޓެއިނާ ބޯޓެއް އިންޑިއާގެ ނާކޮޓިސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ބަލާ ފާސްކޮށްފިއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ދުބާއީއިން ރާއްޖެއަށް ދަތުރުކުރި ކަވޭރި ނަމަކަށް ކިޔާ ކޮންޓެއިނަރު ބޯޓު ބަލާފަސްކޮށްފައިވަނީ އިންޑިއާގެ ކޮޗިންގެ ބަނދަރުންނެވެ.

ކާބޯތަކެތީގެ ބާވަތްތައް އަރުވައިގެން ދަތުރުކުރި ބޯޓު ފާސްކޮށްފައިވަނީ އެ ބޯޓުގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅޭ ކަމަށް އެންސީބީއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަށް އިންޑިއާގެ ނޫހަކުން ވަނީ ރިޕޯޓްކޮށްފައެވެ. އެކަމަކު އެފަދަ އެއްވެސް އެއްޗެއް ފެނިފައެއް ނުވެއެވެ.

އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުން ބޯޓު ޗެކްކުރީ ކޮޗިން އިން ފުރައިގެން ދިޔަ ފަހުން އަނބުރާ ބަނދަރަށް ގެނެސްއެވެ. އޮފިޝަލުން ބުނީ ކޮންޓެއިނަރުގައި ހުރީ ޓޮމާޓޯ ކެޗަޕް ޕެކެޓްތައް ކަމަށެވެ.

ކަނޑުމަގުން ރާއްޖެއަށް ޑްރަގު އެތެރެކުރުން ވަނީ ގިނަވެފައެވެ. ފުލުހުން ގެންދަނީ އެކަމާއި ގުޅިގެން ދޭތެރެ ދޭތެރެ އިން އޮޕަރޭޝަންތައް ހިންގަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *