logo minivan

English

އަންގާރަ, 03 ޑިސެމްބަރ 2024

ބޮޑުތަކުރުފާނު ޒިޔާރަތުގެ އާބާތުރަ ފިލުވާނެ ބަޔަކު ހޯދަނީ

ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ މިނިވަންކޮށްދެއްވި ބަތަލު އައްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް ސިރީ ސަވާދީތައް މަހާރަދުން (ބޮޑުތަކުުރުފާނު)ގެ ޒިޔާރަތް ކަމަށް ބުނާ ޒިޔާރަތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ސަރުކާރުން މިއަދު އިއުލާނުކޮށްފި އެވެ.

ސަގާފީ ތަރިކަތައް ރައްކާތެރިކޮށް ބެލެހެއްޓުމުގެ ޒިންމާ އޮންނަ ނެޝަނަލް ސެންޓަ ފޯ ކަލްޗަރަލް ހެރިޓޭޖް (އެންސީސީއެޗް) އިން މިއަދު ކުރި އިއުލާނެއްގައި ވާ ގޮތުން، ބޮޑުތަކުރުފާނު ޒިޔާރަތް އާބާތުރަ ފިލުވުުމުގެ މަސައްކަތާ ހަވާލުވާ ބަޔަކު އެ މަސައްކަތް ކުރަން ޖެހޭނީ އެ ސެންޓަރުންދޭ މައުލޫމާތާ އެއްގޮތަށެވެ. އެ މަސައްކަތަށް ކުރިމަތިލެވޭނީ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދަފުތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.

އެ މަސައްކަތުގެ ޕްރީބިޑް މީޓިން އޮންނާނީ އަންނަ އޭޕްރިލް މަހުގެ ނުވަ ވަނަ ދުވަހު،11:30 ގައި ދާރުލް އާސާރު އިމާރާތުގައިވާ އެންސީސީއެޗްގެ އިދާރާގަ އެވެ. އެއަށް ފަހު އެ މަސައްކަތަށ ބީލަން ހުށަހެޅުން އޮންނާނީ އޭޕްރިލް 17 ވަނަ ދުވަހުގެ 11:30 ގަ އެވެ.

ބޮޑުތަކުރުފާނުގެ ޒިޔާރަތް ކަމަށް ބަލަނީ ބިހުރޯޒުކަމަނާ މިސްކިތުގެ ގޯތި ތެރޭގައި ހިރިގަލުން ހަދާފައި ހުރި ޒިޔާރަތެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *